ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރި ގޮތުގައި ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯހަށް ވަނުމުގެ ފުރުސަތު 12 ނޮވެންބަރު 2013 ވާ އަންގާރަ ދުވަހުން ފެށިގެން އެމަރުކަޒުން ހުޅުވާލާފައިވާކަމަށެވެ.
ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯހަކީ 1 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްދާ ކޯހެއް ކަމަށާއި މިކޯހުގައި 33 ޖާގަ ހިމެނޭކަމަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރެއެވެ. ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯހުގެ ޝަރުތަކީ ޤުރްއާން މުދައްރިސްކަމުގެ އެޑްވާންސް ކޯސް ހަދާފައިވުމާއި ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން ކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާންގައިވެއެވެ.
ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 19 ޑިސެންބަރު 2013 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު ކީރިތި ޤުރުއާނާއި ބެހޭ މަރްކަޒަށް ހުށައަޅަން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...