ކުޑަކުދިންނަށް ޚާއްޞަކޮށްގެން ދަރުސެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
ދަރުސް އިންތިޒާމްކުރާ ފަރާތުން ހާމަކުރާ ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ހަވީރު 4:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. "ޅަފުރާގެ ދުވަސްތައް" މިމަޢުޟޫގެ މައްޗަށް ބާއްވާ މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން (ޢަޒީބެ)އެވެ.
މިދަރުސަކީ އުޚުތުންކޮޅެއް އިސްނަގައިގެން ބާއްވަމުން އަންނަ ދަރުސް ސިލްސިލާއެއްގެ ތެރެއިން ދަރުސެއް ކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ. ހުކުރު ދުވަހުގެ ރޭ ބޮޑެތި މީހުންނަށް ޢަމާޒުކޮށްގެން ޢާއިލީ މައްސަލަތަކަށް އަލިއަޅުވާލާ "އިހުމާލު ނުވާށެ" މި މަޢުޟޫގެ މައްޗަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސެއްވެސް މި ފަރާތުން އިންތިޒާމްކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...