ދަރުސް ޚަބަރު ޝެއިޚް ފަރީދުގެ ދަރުސްއެއް ނ. ހެނބަދޫގައި ބާއްވައިފި

ޝެއިޚް ފަރީދުގެ ދަރުސްއެއް ނ. ހެނބަދޫގައި ބާއްވައިފި

ޝެއިޚް ފަރީދުގެ ދަރުސްއެއް ނ. ހެނބަދޫގައި ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އިބްރާހީމް ފަރީދުގެ ދަރުސެއް ނ. ހެނބަދޫ ގައި ބާއްވައިފިއެވެ.

"ދެމަފިރިންގެ ޙައްޤުތައް" މި މަޢުޟޫގެ މައްޗަށް ރޭ ބޭއްވި މިދަރުސަކީ ހެނބަދޫ ޒުވާނުންކޮޅެއް އިސްނަގައިގެން އިންތިޒާމްކޮށްފައިވާ ދަރުސެކެވެ.

ދަރުސް އިންތިޒާމްކުރުމުގައި ޙަރަކާތްތެރިވި ޒުވާނެއްކަމުގައިވާ ޙުސައިން ޢަބްދުﷲ ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދަރުސަކީ ޒުވާނުންގެ އަތުން ޗަންދާ ނަގައިގެން ޚަރަދުތައް ކޮށްގެން ބޭއްވުނު ދަރުސެއްކަމަށެވެ. އަދި ރޭ. ހެނބަދޫ ސުކޫލް ކޮމްޕައުންޑް ހޯލްގައި ބޭއްވި މިދަރުސަށް ހެނބަދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޙާޟިރުވެފައިވާކަމަށް ވެސް ޙުސައިން ޢަބްދުﷲ ވިދާޅުވިއެވެ.

ނ. ހެނބަދޫގައި މީގެ އެއްމަސް ކުރިން ވަނީ އައްޝައިޚް މުޙައްމަދު މޫސާގެ ދަރުސެއްވެސް ބާއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.