މިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާ އަށް ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިލައިފި އެވެ.
މީޜާއިން ނެރެ ޢާއްމުކޮށްފައިވާ މިދިޔަ އޮކްޓޯބަރުމަހުގެ ހިސާބުތައް ދައްކާގޮތުން، މިދިޔަ އޮކްޓޯބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ފައްސަތޭކަ ނުވަދިހަ ތިނެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން ބުނީ، މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާ އަށް ލިބިފައިވާ ޢަދަދަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަންސާސް ފަހެއް އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މި ޢަދަދަކީ މީރާއިން ކުރިން ލަފާކުރި މިންވަރަށް ވުރެ ތިރީސް ހަތެއް އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.
މީރާގެ އާމްދަނީއަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް މީރާއަށް ހަމައެކަނި ޑޮލަރުން ލިބުނު އާމްދަނީ ފަންސަވީސް މިލިއަން ޑޮލަރަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މީރާއަށް ލިބިފައި ވަނީ ތިންސަތޭކަ އަށްޑިހަ ދެ މިލިއަން ރުފިޔާ އެވެ. ދައުލަތުން ޓެކްސްގެ ނަމުގައި ރައްޔިތުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ނަގަމުން ގެންދާއިރު، މި ފައިސާއިން ބޮޑެތި ޢަދަދު ތަކުން އިސްރާފް ކުރުމާއި ކޮރަޕްޝަނާއި ފަސާދައިގެ ގޮތުގައި ރައްޔިތުންގެ ފައިސާ ހޭދަ ކުރަމުން ގެންދާނީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ޤައުމަށް އަލަށް ގެނެވުނު ޑިމޮކްރަސީ އާއި އެކު އުފެދިގެން އައި މިނިވަން މުއައްސަސާ ތަކާއި ދައުލަތުގެ އެހެނިހެން އިދާރާ ތަކާއި މެދު މުސާރައިގެ ބޮޑެތި ފަރަޤު ތަކެއް ހުރި އިރު މިގޮތަށް އެއް މަޤާމަކަށް އެތައް ގުނައެއް އިތުރަށް މިނިވަން މުއައްސަސާ ތަކުގައި މުސާރަ ދެމުން ގެންދިއުމަކީވެސް ވަރަށް ބޮޑު އިސްރާފެއް ކަމަށް ސިޔާސީ ފަރާތްތަކުން ވެސް ބުނެއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް އިސްލާޙު ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކަށް އަދާއި ހަމައަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...