ރާއްޖޭގެ ޚަބަރު ބަނގުރާ ބޯން އިންދާ ހައްޔަރުކުރި އެމްޑީޕީ ކައުންސިލަރު ބަންދަށް ދިހަ ދުވަސް

ބަނގުރާ ބޯން އިންދާ ހައްޔަރުކުރި އެމްޑީޕީ ކައުންސިލަރު ބަންދަށް ދިހަ ދުވަސް

ބަނގުރާ ބޯން އިންދާ ހައްޔަރުކުރި އެމްޑީޕީ ކައުންސިލަރު ބަންދަށް ދިހަ ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަނގުރާ ބޯން އިންދާ ހައްޔަރުކުރި އެމްޑީޕީ ކައުންސިލަރު ބަންދަށް ދިހަ ދުވަސް ކޯޓުން ޖަހައިދީފިއެވެ.

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު ހައްޔަރު ކުރީ އައްޑު އަތޮޅު ގަމު އީކުއޭޓާ ވިލެޖްގެ ގޮނޑުދޮށުގައި ދަންވަރު ބަނގުރާ ބޯން އިންދައެވެ. ފުލުހުން ހާމަކުރާގޮތުގައި އީކުއޭޓާ ވިލެޖްގެ ގޮނޑުދޮށުގައި ބަނގުރާ ބޯން ތިބި 3 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންއެއްގައެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނައި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު އަކީ ސަރުކާރާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.