ދިއިސްލާމް ނަޒާހާތްތެރި އިންތިހާބަކީ ޤައުމުގެ ހަމަޖެހުމަށް އޮތް މަގުކަމުގައި ޑރ ޝަހީމް ވިދާޅުވެއްޖެ

ނަޒާހާތްތެރި އިންތިހާބަކީ ޤައުމުގެ ހަމަޖެހުމަށް އޮތް މަގުކަމުގައި ޑރ ޝަހީމް ވިދާޅުވެއްޖެ

ނަޒާހާތްތެރި އިންތިހާބަކީ ޤައުމުގެ ހަމަޖެހުމަށް އޮތް މަގުކަމުގައި ޑރ ޝަހީމް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޒާހާތްތެރި އިންތިހާބަކީ ޤައުމުގެ ހަމަޖެހުމަށް އޮތް މަގުކަމުގައި އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ،.

ޑރ ޝަހީމްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފަވަނީ ނަޒާހާތްތެރި އިންތިހާބަކީ ޤައުމުގެ ހަމަޖެހުމަށް އޮތް މަގުކަމުގައާއި ރިޔާސީ އިންތިހާބު ނަޒާހާތްތެރިކަމާއެކު ނޮވެމްބަރ 9 ގައި ބޭއްވޭތޯ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަކީ ނުހަނު މުހިއްމު ކަމެއްކަމުގައެވެ.

އަދާލަތު ޕާރޓީގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަޤާމްވެސް ފުރުއްވަމުން ގެންދަވާ ޑރ ޝަހީމް އިތުރަށް ލިޔުއްވާފަވަނީ އިންތިހާބު ލަސްވެއްޖެނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް މެދުވެރި ވާނެކަމަށާއި އިންތިހާބަކާއި ނުލާ ވެރިކަން ދެމިގެން ދިއުމަކީ ޤައުމީ މަސްލަހަތު އޮތް ކަމެއް ނޫންކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.