ދިއިސްލާމް ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަތިސް ނަމާދަށްފަހު ހާއްސަ ދުޢާއެއް ކޮށްފި

ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަތިސް ނަމާދަށްފަހު ހާއްސަ ދުޢާއެއް ކޮށްފި

ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަތިސް ނަމާދަށްފަހު ހާއްސަ ދުޢާއެއް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2013 ވަނަ އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ޤާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު އެއްޖަމާއަތެއްގައި ކޮށް ދުވަހާއި ގުޅޭ ޙާއްސަ ދުޢާއެއް ކޮށްފިއެވެ.

 ފޮޓޯ: ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަތިސް ނަމާދު އެއްޖަމާއަތެއްގައި ކުރުން

މާލޭ ސަރަހައްދަށް ނިސްބަތްވާ ސިފައިން ފަތިސް ނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. ފަތިސް ނަމާދު އިމާމުވެ ކުރެއްވީ ފަސްޓް ލެފްޓިނަންޓް އަބްދުލް މަޖީދު އިބްރާހީމެވެ. ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އިސްވެ ދުޢާ ދެންނެވީ ފަސްޓް ލެފްޓިނަންޓް އަބްދުލް މަޖީދު އިބްރާހީމެވެ.

އިސްލާމީ މަރުކަޒުގައި ކުރެވުނު ފަތިސްނަމާދު ޖަމާއަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނަރަލް އަހުމަދު މުހައްމަދުގެ އިތުރުން ޖެނަރަލް އޮފިސަރުންނާއި ގިނައަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވެފައެވެ.

ދިވެހިންތަކެއް އަޑީގައިތިބެ ތަމަލައިންގެ އެހީގައި މީގެ 25 އަހަރުކުރިން ރާއްޖެއަށްދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.