ދަރުސް ޚަބަރު "ﷲ ގެ ޙަޟްރަތަށް އަވަސްވޭ" ނަމުގައި ޝައިޚް އާދަމް ޝަމީމްގެ ދަރުސްއެއް ބާއްވަނީ

"ﷲ ގެ ޙަޟްރަތަށް އަވަސްވޭ" ނަމުގައި ޝައިޚް އާދަމް ޝަމީމްގެ ދަރުސްއެއް ބާއްވަނީ

"ﷲ ގެ ޙަޟްރަތަށް އަވަސްވޭ" ނަމުގައި ޝައިޚް އާދަމް ޝަމީމްގެ ދަރުސްއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

" ﷲ ގެ ޙަޟްރަތަށް އަވަސްވޭ " ނަމުގައި ދަރުސްއެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ދިއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން ދަރުސް އިންތިޒާމް ކުރާ ޔޫތް އެމްޕަވަރ މޫވްމަންޓްގެ ފަރާތުން ހާމަކުރި ގޮތުގައި މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޙް އާދަމް ޝަމީމް ބިން އިބްރާހިމް އެވެ.

މިރޭ 20:45 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ވީޓީވީ އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ދަރުސް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަފަރާތްތަކުން ޙާޟިރުވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދިލެއްވުމެކެވެ.

ޔޫތް އެމްޕަވަރ މޫވްމަންޓަކީ ޓްރިއޯ ބޭންޑްގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިވަގުތު އިސްލާމީ މަރުކަޒުގައި ބަންގި ގޮވުމާ ހަވާލުވެ ހުންނެވި މޫސާ ޝިފާޢު އިސްވެހުންނަވާ، ޒުވާނުން ހޭލުންތެރިކުރުވައި،  ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.