ދަރުސް ޚަބަރު އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާއިރު، އެއާ އެކު އަދާކުރަންޖެހޭ ވާޖިބްތައްވެސް ދެނެގަންނަން ޖެހޭ: ހުކުރު ޚުޠުބާ

އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާއިރު، އެއާ އެކު އަދާކުރަންޖެހޭ ވާޖިބްތައްވެސް ދެނެގަންނަން ޖެހޭ: ހުކުރު ޚުޠުބާ

އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާއިރު، އެއާ އެކު އަދާކުރަންޖެހޭ ވާޖިބްތައްވެސް ދެނެގަންނަން ޖެހޭ: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާއިރު، ހަމައެއާއެކު އަދާކުރަން ޖެހޭ ވާޖިބްތަކެއްވެސް ވާކަން ދެނެގަންނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. "އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް" މިމަޢުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ މިޚުޠުބާގައި އިންސާނީ ޙައްޤުތަކުގެ މައުޟޫގައި ވަނީ ވާހަކަދައްކާފައެވެ.

އިންސާނުންނަށްޓަކާ އިންސާނުންގެ ޙައިޘިއްޔަތުން ޙައްޤުތަކެއް ޝަރުޢުކޮށްދެއްވީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާކަމަށާއި، އަދި އަދާކުރަން ޖެހޭ ވާޖިބްތަކެއްވެސް ހަމަ އެކަލާނގެ ކަނޑައަޅުއްވާދެއްވިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މިފަދައިން އިންސާނީ ޙައްޤުތަކުގެ ވާހަކަ ދުނިޔެއަށް ގެނެސްދީފައިވަނީ ސަމާވީ ދީންތަކުގައި ކަމަށާއި ޚާއްޞަކޮށް އިސްލާމްދީނުގައިކަމަށް ފާހަގަކޮށްފައިވެއެވެ.

އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ މަބާދިޢު އެންމެ ފުރަތަމަވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި އޭގެ އެންމެ ތަނަވަސް ދާއިރާގައި ކަނޑައަޅުއްވާފައިވަނީ އިސްލާމްދީނުގައި ކަމަށާއި، އެއީ ހުޅަނގުގެ ޤައުމުތަކުން ޤަރާރެއް ނެރެގެން އެކަމާމެދު ފަޚުރުވެރިވާންވީ ކަމެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރެއްވެވިއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުން ފެށިގެން، ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރުން މިއަދާ ހަމައަށް އިންސާނީ ޙައްޤުތަކުގެ މަބާދިޢުގެ މަތީގައި އިސްލާމްދީން ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާއިރު، ހުޅަނގުގެ ޤައުމުތައް ވަނީ ފަހަތަށް ޖެހިފައިކަމަށް ހުކުރު ޚުޠުބާގައި ހާމަކޮށްފައިވެއެވެ.

އިންސާނީ ޙައްޤުތަކުގެ ފައިދާ ޙާޞިލްކުރާއިރު، މީސްތަކުން އެޙާޞިލްކުރަންވީ ގޮތް ބަޔާންކުރައްވަމުން ފާހަގަކޮށްފައިވަނީ، "އަފްރާދުން އެބައިމީހުންގެ ޙައްޤުތައް ބޭނުންކުރަން ޖެހޭނީ އަނެކުންގެ މަސްލަޙަތަށް ރިޢާޔަތްކުރުމާއެކު" ކަމަށެވެ. އަދި "ޙައްޤުގެ ބޭނުންކުރުންވަނީ ޖަމާޢަތުގެ މަޞްލަޙަތާ ފުށުނާރާނެ ގޮތުންނާއި އަނެކުންނަށް ގެއްލުން ނުލިބޭނެ ގޮތުން" ކަމަށެވެ.

އިސްލާމްދީނުގައި ޙިމާޔަތްކޮށްދީފައިވާ ޙައްޤުތަކުގެ ތެރެއިން އެންމެ މުޙިއްމު ކަންތައްތަކެއްކަމަށް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، ދީނީ ޢަޤީދާއާއި، ނަފްސާއި، މުދަލާއި،  ޢަބުރާއި ޝަރަފް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޙައްޤެވެ. މީގެ އިތުރުންވެސް، ދީނީ އަދި ފިކުރީ މިނިވަންކަމުގެ ޙައްޤާއި، އުނގެނުމާއި، ދިރިއުޅުމަށްޓަކާ މަސައްކަތްކުރުމާއި، ވިސްނުމާއި ފިކުރުގެ އުފެއްދުންތައް ފާޅުކޮށް ޝާއިޢުކުރުމުގެ ޙައްޤުގެ އިތުރުންވެސް އެތައް ބައިވަރު ޙައްޤެއް ވާކަމަށް ހުކުރު ޚުޠުބާގައި ވެއެވެ.

ހުކުރު ޚުޠުބާ ނިންމާލާފައިވަނީ، އަޅަމެންނަކީ މާތް ﷲ އަޅުގަނޑުމެންނަށް ޝަރުޢުކޮށްދެއްވި ޙައްޤުތަކާއި އޭގެ ޙުދޫދު ދަންނަ އަދި އެއަށް އިޙްތިރާމްކުރާ ބަޔަކުކަމުގައި ލައްވާ އަނެކުންގެ ޙައްޤުތަކާއި މިނިވަންކަމަށް އަރައިނުގަންނަ ބަޔެއްކަމުގައި ލެއްވުން އެދި ކޮށްފައިވާ ދުޢާއިންނެވެ.

މިއަދުގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވަނީ، ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.