ދީނީ ދައުވަތު ފެތުރުމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލުމްވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލުމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން އިތުރަށް ކިޔަވާވިދާޅުވުމަށްޓަކައި މޭލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
އަދާލަތު ޕާރޓިގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި ޝައިޚް އިލްޔާސް ކިޔަވާ ވިދާޅުވުމަށް ހަމަޖެހިފައިވަނީ ކުއާލަލަމްޕޫރުގައި ހުންނަ ޖާމިއަތުލް މާދީނަތުލް ޢާލަމިއްޔާއިން މާސްޓަރސް އިން ދާޥާގެ ރޮނގުންކަމަށާއި ކިޔަވާ ވިދާޅުވުމަށްޓަކައި ވަޑައިގެންނެވީ ދެއަހަރުގެ މުއްދަތައްކަމަށެވެ.
ޝައިޚް އިލްޔާސް ކިޔަވާވިދާޅުވުމަށްޓަކައި ފުރާ ވަޑައިގެންފައިވާއިރު ޢަދާލަތު ޕާޓީގެ ޢިލުމްވެރިންގެ މަޖީލީހުގެ ނައިބު ރައީސް ޑރ. މުޙައްމަދު އިޔާޟު ޢަބްދުއް ލަޠީފާއި ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދާ އިސްތަރުޖަމާން އަލްއުސްތާޛު ޢަލީ ޒާހިރު ނޮވެމްބަރު 16 ގައި އިސްލާމިކް އިންޓަރނޭޝަނަލް ޔުނިވަސިޓީއިން ތަހައްރަޖުވެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...