ދިއިސްލާމް އިސްލާމްދީނާ ދެކޮޅަށް ނަޝީދު ކުރައްވާފައިވާ ޢަމަލުތަކާ ގުޅިގެން ރާއްޖޭގެ ގިނަ ޢަދަދެއްގެ ޢިލުމްވެރިން އިއްތިފާގުވެ ފޮތެއް ނެރުއްވައިފި

އިސްލާމްދީނާ ދެކޮޅަށް ނަޝީދު ކުރައްވާފައިވާ ޢަމަލުތަކާ ގުޅިގެން ރާއްޖޭގެ ގިނަ ޢަދަދެއްގެ ޢިލުމްވެރިން އިއްތިފާގުވެ ފޮތެއް ނެރުއްވައިފި

އިސްލާމްދީނާ ދެކޮޅަށް ނަޝީދު ކުރައްވާފައިވާ ޢަމަލުތަކާ ގުޅިގެން ރާއްޖޭގެ ގިނަ ޢަދަދެއްގެ ޢިލުމްވެރިން އިއްތިފާގުވެ ފޮތެއް ނެރުއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްލާމް ދީނާ ދެކޮޅަށް ކުރައްވާފައިވާ އަދި ދައްކަވާ ވާހަކަތަކާމެދު ޙުއްޖަތް ޤާއިމުކުރައްވައި ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލުމްވެރިން އިއްތިފާގުވެ ފޮތެއް ނެރުއްވައިފިއެވެ.

ފޮތް ވިދާޅުވޭ: ރައީސް ނަޝީދާއި މެދު ޢިލްމުވެރިންގެ ބަސް

ރާއްޖޭގެ 64 ޢިލުމްވެރިން އިއްތިފާގުވެ  'ރައީސް ނަޝީދާމެދު ދީނީ ޢިލުމުވެރިންގެ ބަސް' މިނަމުގައި މޯލްޑިވުސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާޗުގެ ފަރާތުން ނެރުވި ފޮތުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ވެރިކަމަށް ނަޝީދު އިންތިޚާބުކޮށްފައިވަނީ ދީނީ ގޮތުންނާ ދުނިޔަވީ ގޮތުން ޤައުމު އާރާސްތުކުރުމާއި އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން އިޤްތިޞާދީ، ސިޔާސީ އިޖުތިމާޢީ ތަރަބަވީ އަދި ޚާރީޖީ އެންމެހާ ކަންކަން ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަޤުޞަދުގައިކަމަށާއި އަދި ޤައުމުގެ އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާ ދެމެހެއްޓުމަށް ނަމަވެސް ކަންތައް ހިނގާދިޔާއި އެއާ މުޅިން އިދިކޮޅަށް ކަމަށެވެ.

"އިސްލާމީ ޝަރީޢަތާއި ޢަޤީދާ ނެގެހެއްޓުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނުނީ ކީރިތި ޤުރްޢާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން އަދި އުންމަތުގެ އިޖުމާއުން ސާފުކޮށް ފެންނަން ހުރި ޙުކުމްތަކަށް ކުޑައިމީސް ބަސް ބުނެ އެކަންކަމަށް އިންކާރުކޮށް އޭގެ މައްޗަށް އަމިއްލަ ޚިޔާލު އިސްކޮށް، އެޙުކުމްތައް އެގޮތުގައި އޮތުމަށް އެދިވަޑައިނުގަންނަވާކަން ރޭޑިއޯ ޚިޠާބުތަކުގަޔާ އެހެނިހެން ތަންތަނުގައިވެސް ފާޅުކުރައްވާ ތަނެވެ."
ރައީސް ނަޝީދާމެދު ދީނީ ޢިލުމުވެރިން ނެރުއްވާފައިވާ ފޮތުގައި ވިދާޅުވެފައިވެއެވެ.

އެފޮތުގައި އިސްލާމް ދީނާ ޚިލާފަށް ނަޝީދު ކުރެއްވި ކަންތައްތައް ހެއްކާއި މަސްދަރާ އެއްކޮށްވަނީ ހާމަކޮށް ދެއްވާފައެވެ. އެދި އެކަންކަމާ ގުޅޭ ގޮތުން ޢިލްމީ ހަމަތަކުގެ މަތިން ރައްދު ދެއްވާފައިވެއެވެ.

ޢިލުމުވެރިން ވިދާޅުވެފައިވަނީ އިސްލާމް ދިނާ ދެކޮޅަށް ނަޝީދު ޢަމަލުކުރައްވާ ކޮންމެ ފަހަރަކު ދީނީ ޢިލުމްވެރިން ވަނީ  އެބޭފުޅުންގެ ޒިންމާ އަދާކުރައްވާ އެފަދަ ކަންކަން ނުކުރެއްވުމަށް އެދި ނަޞޭޙަތްތެރި ވެފިފައި ކަމަށެވެ.

ނަޝީދު އިސްލާމް ދީނާ ޚިލާފަށް ކުރައްވާފައިވާ ޢަމަލުތަކަށް އިންކާރުކޮށް، އޭނާ މިކަންތައްތަކުން އެއްކިބާވެ ޙައްޤުގެ މަގަށް ރުޖޫއަވުމަށާ އިސްލާމް ދީނުގެ ޙުކުމްތަކާމެދު އެމަނިކުފާނުގެ ޢަޤީދާ އިސްލާހުކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ އަވަހަށް ތައުބާ ވުމަށް ޢިލްމްވެރިން ވަނީ މިފޮތުގައި ނަޝީދަށް ގޮވާލައްވާފައެވެ.

މިފޮތް ނިންމަވާލެއްވުމުގެ ކުރިން ދިވެހި ރައްޔިތުންނަށް ޢިލުމްވެރިން އިލްތިމާސްކުރައްވައި ވިދާޅުވެފައިވަނީ މާތް ﷲ ގެ ދީން ޙިމާޔަތް ކުރުމުގެ ގޮތުންނާއި، ހެއު ބަހާއި ޙައްޤު ބަސް ބުނުމަކީ ޢިލުމްވެރިންގެ ވާޖިބެއް ކަމުގައި ވީހިނދު ދިވެހި ރައްޔިތުންނަށް ޢިލުމްވެރިންގެ ފަރާތުން ދަންނަވަންއޮތީ ރައީސް ނަޝީދުގެ މިފަދަ ދީނާ ޚިލާފު އެތައް ކަމެއް ހުރުމާއެކު ޤައުމުގެ ދީނީ ޢަޤީދާއާއި އިސްލާމީ ސިޔާދަތު އެނުބައި ފިކުރުތަކާއި ނޭއްގާނީ ޢަމަލުތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށާއި ޢިލުމުވެރިންނަށް އޮތީ މާތް ﷲ ގެ އަޅުތަކުންނާ ހަމަޔަށް ޙައްޤުބަސް ފޯރުކޮށް ދިނުން ކަމަށާ އެހިސާބު އެވަނީ ޢާއްމުގެ މައްޗަށް ޙުއްޖަތް ޤާއިމުވެފައި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.