ދިއިސްލާމް ރައްޔިތުންގެ މަޖްލިސްގެ ކަރާމާތް ނަގާލުން ކުށްވެރިކުރަން: އަދާލަތު

ރައްޔިތުންގެ މަޖްލިސްގެ ކަރާމާތް ނަގާލުން ކުށްވެރިކުރަން: އަދާލަތު

ރައްޔިތުންގެ މަޖްލިސްގެ ކަރާމާތް ނަގާލުން ކުށްވެރިކުރަން: އަދާލަތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖްލިސްގެ ކަރާމާތް ނަގާލުމަށް ހިންގާ ޢަމަލުތައް ކުށްވެރި ކުރާކަމަށް އަދާލަތު ޕާރޓީއިން ބުނެފިއެވެ.

އަދާލަތު ޕާރޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސާބިތު ދަރަންޏެއްގެ މަސްއަލައިގައި މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމުގައި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމް ކުރެއްވުމުން، އެމް.ޑީ.ޕީއަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޢާޒިމް އެ ޙުކުމަށް ގޮންޖަހައި ގަދަބާރުން މަޖިލީހަށް ވަންނަން ވަނީ މަސައްކަތް ކޮށްފައި ކަމަށާއި ސަލާމަތީ ބާރު ތަކާއި ކުރިމަތިލައި މާރާމާރީ ހިންގާފަކަމަށެވެ. އަދި އެދުވަހު ސަލާމަތީ ބާރުތަކުން ދެއްކެވި ހިތްވަރަށް އަދާލަތު ޕާރޓީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

" ދިވެހި ދިދައިގެ ދަށުގައި ހިގާނީ ޤާނޫނުގެ ބާރުކަން އެމް.އެން.ޑީ.އެފް ގެ ބޭކަލުން ވަނީ ދައްކަވާފައެވެ. މިކަމަށްޓަކައި އެބޭފުޅުންނަށް ޢަދާލަތުޕާޓީ ޝުކުރާއި އަދި މުބާރަކުބާދީ އަރިސް ކުރަމެވެ. "

އިތުރަށް އަދާލަތުގެ ބަޔާނުގައިވަނީ ބަނގުރާ ބުއިކަމުގެ ދަޢުވާ އުފުލި، ޝަރީޢަތް ކުރެވެމުންދާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލް ޣަފޫރު ވަނީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އެހީއާއި އެކު މަޖިލީހުގެ ތެރޭގައި ފިއްލަވާފަކަމަށެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިފައިނުވާފަދަ ދަށުދަރަޖައިގެ ޢަމަލެއްކަމަށާއި އެމް.ޑީ.ޕީގެ އިސްވެރީންނަކީ ކޯޓްތަކަށް ވަޑައިގެން ކުށެއްނެތް ކަން ސާބިތު ކުރުމަށްވުރެ އެކިއެކި ތަންތަނަށް ވަދެ ކޯޓްތަކަށް ފިއްލަވާ ބައެއްކަން މީގެ ކުރީންވެސް ވަނީ ފެނިފައިކަމަށެވެ.

މަޖިލީހުގެ ކަރާމަތް ވެއްޔާ މޮޑެލައި މިކަންތަކަށް ވާގިދެއްވާ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ޢަމަލުތައް ޢަދާލަތުޕާޓީގެ ބަޔާނުގައިވަނީ ކުށްވެރި ކޮށްފައެވެ. އަދި މުޖުރިމުން ފިލަން ވަންނަ ތަނަކަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ނުހެދުމަށާއި ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ޢަދާލަތުޕާޓީ ގޮވާލާކަމަށް މިބަޔާނުގައި ގޮވާލާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.