މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އެކުލަވާލައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން އުފައްދަވަން ނިންމި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް އައްޔަން ކޮށްފައިވަނީ 4 ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ޑރ. އައިޝަތު މުނީޒާ، ޔާމީން ރަޝީދު، އަހުމަދު ސިރާޖް އަދި ކަށިމާ އަހުމަދު ޝާކިރު އެވެ.
ޙައްޖު ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ޑރ. އައިޝަތު މުނީޒާ އެވެ. އަދި އެ ބޯޑުގެ މެނޭޖިން ޑިރެކްޓަރަކަށް ޔާމީން ރަޝީދުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް” އުފެއްދެވުމުގެ އެންމެބޮޑު ބޭނުމަކީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމަށް ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމިވީ ޖޫން 17ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...