ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަގު ސިޔާސީ ގޮތުން ވައްޓާލަންއެހެނިހެން ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ ނަޝީދަކީ އިސްލާމީ ޝަރީޢަތަށް ގޮންޖަހަން ކެރުނުމީހަކަށް ވާތީކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
ބުދަދުވަހު ބޭއްވި ޔޫރަޕިއަން ޕާލިމެންޓުގެ ޕްލިނަރީ ސެޝަންގައިރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން އެ ޖަމާއަތުގެ ޚާރިޖީ ސިޔާސަތާ ބެހޭ މަންދޫބު ކެތުރިން އެޝްޓަންގެ ފަރާތުން ބަޔާނެއް ހުށަހަޅަމުން ކައުންސިލްގެ ނައިބު ރައީސް ނިޝް ލެވްޝިއޯސްވަނީ ރާއްޖޭގެ ދީނީކަންކަމާއި އިސްލާމީ ޝަރީޢަތާ މެދު ކަންބޮޑުވާ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަދި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމުގެ ވިސްނުން ފެތުރެމުންދާ ކަމަށްބުނެ އެކަމާވެސް ކަންބޮޑުވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އިސްލާމީ ޝަރީއަތުގެ ނުފޫޒުވަރަށް ބޮޑަށް ފޯރާފައިވާ ޖުޑީޝަރީއެއްގެ ސަބަބުން ދަށު ދަރަޖައިގެ، އިންސާފުން އެއްކިބާވެފައިވާ ކަންތައްތަކަށް މަގުފަހިވަމުންދާކަމަށް އޭނާ ބުނެފައިވެއެވެ.
ކުރީގެ ރައީސް ނަޝީދަކީ ލާދީނީ މީހެއްކަމަށާއި އޭނާއަކީ ހުޅަނގުގެ އޭޖެންޓެއްކަމަށް ސިޔާސީ ގިނަ ފަރާތްތަކަކުން ތުހުމަތު ކުރަމުންދަނިކޮށް ޔޫރަޕިއަން ޔޫނިއަންއިން ރައީސް ނަޝީދަކީ އިސްލާމީ ޝަރީއަތަށް ގޮންޖަހަންކެރުނު މީހެއްކަމަށް ބުނުމުން ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔަ ކަންތަކަށް ވަރަށް ސާފު ދަލީލެއް ލިބިއްޖެކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...