ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ ސުންނަތާއެއްގޮތަށް ށ ކަނޑިތީމުގައި ފުރަތަމަ ފަހަރަށް 1434 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ހުސްބިމެއްގައި ކޮށްފިއެވެ.
މި އަހަރުގެ އަޟްޙާ ނަމާދުކޮށްފައިވަނީ ކަނޑިތީމު އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައި އޮންނަ ހުސްބިމުގައެވެ. ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވި އަޟްޙާ ޢީދު ނަމާދު އިމާމުވެ ކުރެއްވީ އަލް ޤާރީ މުޙައްމަދު ރިޔާޟްއެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުން ކަނޑިތީމް ޔޫތް އިނީޝިއޭޓިވް ޖަމްޢިއްޔާއިން (ކީ ޖަމްއިއްޔާ) ވަނީ މި އަހަރުގެ އަޟްޙާ ޢީދު ނަމާދު ހުސް ބިމެއްގައި ކުރުމުގެ ހުއްދައަށް އެދި މި އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ކަނޑިތީމް ކައުންސިލް އިދާރާއަށް ސިޓީ އެއް ފޮނުވާފައެވެ. އަދި ކައުންސިލުން ހުއްދަ ދިނުމާއެކު ކީ ޖަމްއިއްޔާއިން ވަނީ އަޟްޙާ ޢީދު ނަމާދު ހުސްބިމެއްގައި ކުރުމުގެ ގޮތުން ރަށުގެ އެހެނިހެން ޖަމްއިއްޔާތަކާ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މީގެއިތުރުން ޢީދު ނަމާދު ހުސް ބިމެއްގައި ކުރުމަށް ރަށު ކައުންސިލް، ކޭލި ޖަމްއިއްޔާ، ފެކްޓް ، އެކޯސްޓިކް , އެމްޑީޕީ އަދި ރަށުގެ އާއްމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާކަމަށް މިކަން އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކީ ޖަމްޢިއްޔައީން ހާމަ ކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...