ރާއްޖޭގެ ޚަބަރު އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަނގެތީގައި އަޟްޙާ ޢީދު ފާހަގަ ކޮށްފި

އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަނގެތީގައި އަޟްޙާ ޢީދު ފާހަގަ ކޮށްފި

އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަނގެތީގައި އަޟްޙާ ޢީދު ފާހަގަ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޢީދު އުފާ"ގެ ނަމުގައި ދަނގެތީގައި މިއަހަރުގެ އަލްޙާ ޢީދުދުވަސް ފާހަގަ ކޮށްފިއެވެ.

އދ ދަނގެތީގެ މަދަނީ ދެ ޖަމުޢިއްޔާ ކަމަށްވާ ޖަމުޢިއްޔަތުލް ޤަލަމާއި އެސޯސިއޭޝަން ފޯރ ދަނގެތީ ޑިވެލޮޕްމެންޓް ގުޅިގެން "ކޮއްކޮމެންގެ ހަވީރު"ގެ ނަމުގައި މިއަދުވަނީ ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މިއަދު ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އިނާމު ލިބޭ އެކިއެކި ސްޓޯލްތަކާއި ސްޓޭޖުމަތީގެ ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

އެދެ ޖަމުޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި މާދަމާ (16 އޮކްޓޫބަރ) ގައި ކުޅެމާ ކުޅެމާގެ ނަމުގައިވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން އެކިއެކި ހަރަކާތް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކިއުމުރުގެ ކުދިންނަށް ހާއްސަ ކުރެވިގެން ތަފާތު އެކިއެކި ކުޅިވަރާއި، ސްޓޭޖުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ދަނގެތީގައި ޢީދު ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.