ރާއްޖޭގެ ޚަބަރު ފުރަތަމަ ފަހަރަށް އައްޑޫސިޓީ މީދޫގައި ހުސްބިމެއްގައި އީދު ނަމާދު ކޮށްފި

ފުރަތަމަ ފަހަރަށް އައްޑޫސިޓީ މީދޫގައި ހުސްބިމެއްގައި އީދު ނަމާދު ކޮށްފި

ފުރަތަމަ ފަހަރަށް އައްޑޫސިޓީ މީދޫގައި ހުސްބިމެއްގައި އީދު ނަމާދު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ފުރަތަމަ ފަހަރަށް އައްޑޫސިޓީ މީދޫގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކޮށްފިއެވެ.

މީދޫގެ ޒުވާނުންނާއި އަދާލަތު ޕާޓީ އިސްނަގައިގެން މިއަދު ހެދުނު ކުރެވުނު އީދު ނަމާދު އޮތީ މީދޫ ބޯޅަދަނޑުގައިއެވެ.

މިއަދު ކުރެވުނު އީދުނަމާދުގައި އިމާމުވެ އީދުނަމާދު ކުރެއްވީ އައްޝައިޚް މުޙައްމަދު ތައްޔިބު އަބްދުލް ހަކީމެވެ. މި އީދުގައި ގިނަ އަދަދެއްގެ ފިރިހެނުންގެ އިތުރުން އަންހެނުނާއި ކުޑަކުދިންވެސް ވަނީ ބައިވެރިވެފައިއެވެ.

އީދު ނަމާދަށް ފަހު އީދުނަމާދަށް ދިޔަ އެއްމެނަށް ވަނީ ސައިވެސް ތައްޔާރު ކުރެވިފައިއެވެ. ނަމާދުގެ ފަހުން ވިއްސާރަވިކަމުގައި ވިޔަސް ހާޒިރުވި އެއްމެހާ ބޭފުޅުންވެސް ސައިފޮދު އިންސާފް ކުރެއްވިއެވެ.

އީދުނަމާދު ބޯޅަދަނޑުގައި އޮތް ކަމުގައި ވިޔަސް މީދޫގެ އިތުރު 2 މިސްކިތެއްގައި ވަނީ އީދުނަމާދު ކޮށްފައިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.