މާފަންނު ސްޓޭޑިއަމްގައި މާދަމާ ކުރެވޭ ޢީދުނަމާދުގެ ރަސްމީ ޖަމާޢަތަށް ފަހުގައި އުޟްޙިޔާ ކަތިލުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ހާމަކޮށްފިއެވެ.
މަހަލްދީބް ފައުންޑޭޝަންއިން ހާމަކުރާ ގޮތުގައި މާދަމާ އުޟްހިޔާ ކަތިލުން ކުރިއަށް ދާނީ އައިޖީއެމްއެޗް އާއި އިންވެގެން އޮންނަ ހުސްބިމުގައި ކަމަށާއި މާދަމާގެ 10:30 ގައި އުޟްހިޔާ ކަތިލުން ފެށިގެން ކުރިއަށް ދާނެކަމަށެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން މާދަމާ އުޟްޙިޔާގެ ގޮތުގައި އަށާރަ ބަކަރި ކަތުލުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތުދެއެވެ. އަދި މިބަކަރިތައް ކަތިލުމަށް ފަހު އޭގެ މަސްތައް ފަޤީރުންނަށް ޞަދަޤާތް ކުރުމަށް ހަމޖެހިފައިވާ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
އުޟްޙިޔާ ކަތިލުމުގެ މި މާތް ޢަމަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެދެވިގެންވާ ކަމެއްކަމަށް މަހަލްދީބް ފައުންޑޭޝަންގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...