ދިއިސްލާމް އަޟްހާ އީދު ނަމާދު ކުރުން ޓާފް ދަނޑުގައި

އަޟްހާ އީދު ނަމާދު ކުރުން ޓާފް ދަނޑުގައި

އަޟްހާ އީދު ނަމާދު ކުރުން ޓާފް ދަނޑުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1434 ވަނަ އަހަރުގެ ފިޠުރު އީދެކޭ އެއްގޮތަށް އަޟްހާ އީދު ނަމާދު ކުރުންވެސް ހަމަޖެހިފައިވަނީ ޓާފް ދަނޑުގައި ކަމަށް އީދު ނަމާދު ކަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އެފަރާތުން ވިދާޅުވީ އަޟްހާ އީދު ނަމާދުކުރުމަށް ފިރިހެން ބޭފުޅުންނަށް ހާއްސަ ކުރެވިފައިވަނީ މާފަންނު ސްޓޭޑިއަމްގެ ޓާފް ދެދަނޑުގެ ކަމަށާއި އަދި އަންހެން ބޭކަނބަލުންނަށް ހާއްސަ ކުރެވިފައިވަނީ ކްރިކެޓް ދަނޑު ކަމަށެވެ.

އެފަރާތުން އިތުރަށް ވިދާޅުވި ގޮތުގައި ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ކުނަލާއި މުސައްލަ ފޯރުކޮށް ދެވޭނެކަމަށާއި އެހެންކަމުން ނަމާދަށް ވަޑައިގަންނަ ބޭފުޅުން މުސައްލަ ހިފައިގެން ވަޑައިގަތުމަށް އެދޭކަމަށެވެ. އަދި ނަމާދަށް ވީހާވެސް ކުރިން ވަޑައިގަތުމަށް އިލްތިމާސް ކުރާކަމަށް އެފަރާތުން ވިދާޅުވިއެވެ.

އީދު ނަމާދުގެ ތައްޔާރީ ތަކާއި ބެހޭ މައުލޫމާތު ހޯދުމަށާއި ވޮލެންޓިއާކޮށް އެހީތެރިވުމަށް އެދޭ ފަރާތް ތަކުން 7778695 އާ ގުޅުއްވައި އެކަން ކުރިއަށް ގެންދިއުމަށް ވެސް އެފަރާތުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.