ދިއިސްލާމް ބ.އޭދަފުށީގައި އަޟްހާ އީދު ނަމާދު ހުސްބިމެއްގައި ކުރާގޮތަށް ހަމަޖެހިއްޖެ

ބ.އޭދަފުށީގައި އަޟްހާ އީދު ނަމާދު ހުސްބިމެއްގައި ކުރާގޮތަށް ހަމަޖެހިއްޖެ

ބ.އޭދަފުށީގައި އަޟްހާ އީދު ނަމާދު ހުސްބިމެއްގައި ކުރާގޮތަށް ހަމަޖެހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ދަ ބިގިނާސް އާއި އޭދަފުށީ ކައުންސިލް ގުޅިގެން ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، އަޟްހާ އީދު ނަމާދު ކުރުމުގެ ގޮތުން އޭދަފުށީގައި އަޟްހާ އީދު ނަމާދު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށި ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ދަ ބިގިނާސް ޖަމިއްޔާގެ ރައީސް އަލީ ޝަފީގު ވިދާޅުވީ ފުޓްބޯޅަ ދަނޑުގައި އަޟްހާ އީދު ނަމާދު ކުރާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، ރަށުގައި މީގެ ކުރިން އީދު ނަމާދު ކުރާ ދެ މިސްކިތުގައިވެސް މިފަހަރު އަޟްހާ އީދު ނަމާދު ނުކުރާނެ ކަމަށާއި ކައުންސިލާއި އެ ޖަމިއްޔާ އާއި ވާހަކަ ދައްކައިގެން އެގޮތަށް ނިންމީ ވީހާ ވެސް ގިނަ ބަޔަކު އެއް މައިނަދާކަށް ޖަމާވެ، އަޟްހާ އީދު ނަމާދު ކުރާ ގޮތަށް ނިންމުމާ ގުޅިގެން ކަމަށެވެ.

ދަ ބިގިނާސް ޖަމިއްޔާއިން މައުލޫމާތު ދޭގޮތުގައި އީދު ނަމާދަށް ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމަށް އެ ސަރަހައްދުގައި ސަތަރި އަޅައި ގިނަ ބަޔަކަށް އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި ނަމާދަށް ފަހު ފިނިހިއްޕެވުމެއް ބޭއްވުމަށްޓަކައި އެ ކަންތައްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.