މޫސުން ރަނގަޅު ނަމަ 1434 ވަނަ އަހަރުގެ ޢަޟްހާ ޢީދު ނަމާދު ރ.ކިނޮޅަހުގައި ކުރާނީ ހުސްބިމެއްގައި ކަމަށް ކިނޮޅަހު ރަށު ކައުންސިލުން ނިންމައިފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ މޫސުން ތަންދޭނަމަ ނަމަ 1434 ވަނަ އަހަރުގެ ޢަޟްހާ ޢީދު ނަމާދު ރ.ކިނޮޅަހުގައި ކުރާނީ ހުސްބިމެއްގައި ކަމަށާއި އެގޮތަށް ކައުންސިލްއިން ނިންމާ ރައްޔިތުންނާއި އެކަން ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ކިނޮޅަހު ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ ސުންނަތް ދިރުވުމަކީ ވެރިން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެގޮތުން މިފަހަރު ޢަޟްހާ ޢީދު ނަމާދު ހުސްބިމެއްގައި ކުރުމަށް ހަމަޖެއްސީވެސް އެސުންނަތް ދިރުވުމުގެ މަޤްޞަދުގައި ކަމަށެވެ.
1434 ވަނަ އަހަރުގެ ފިޠުރު ޢިދުނަމާދުވެސް ކިނޮޅަހުގައި ކޮށްފައިވަނީ ހުސްބިމެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...