ދިއިސްލާމް ސައުދީ ފަންޑުން ހަތަރު މިސްކިތެއް އަޅަނީ

ސައުދީ ފަންޑުން ހަތަރު މިސްކިތެއް އަޅަނީ

ސައުދީ ފަންޑުން ހަތަރު މިސްކިތެއް އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ ފަންޑުގެ އެހީގައި ހަތަރު މިސްކިތެއް އެޅުމަށް ދެކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން މައުލޫމާތު ދެއްވާ ގޮތުގައި އަލިހަވާސާ ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީއާ ހަވާލުކޮށްފައިވަނީ ނ. މާޅެންދޫގައި 504 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށާއި އަދި ނ.ޅޮހީގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށެވެ. އަދި މަލާލާ ހައިރައިޒިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ ރ.އަނގޮޅިތީމު އަދި ރ. އިންނަމާދޫގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށެވެ.

އިތުރަށް މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި މިހަތަރު މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި ސައުދީ ފަންޑުގެ އެހީގެދަށުން އިތުރު 03 މިސްކިތް އެޅުމަށް ނިންމާފަވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.