މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު ކ.ގާފަރުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެރޭ ދަންވަރު 01:05 ހާއިރު ކ.ގާފަރުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިރަބަރު ޕެކެޓް ފެނިފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ބަލައިފާސް ކުރިއިރު އޭނާގެ އަނގަ ތެރެއިންކަމަށާއި އޭނާއަކީ ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...