އިނގިލީގެ ނިޝާން ނުޖަހާ ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި 24 ގަޑި އިރުގެ މުހުލަތު މިއަދު ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނުގައިވަނީ އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހަވީރު 4:30 އާ ހަމައަށް ފިންގާ ޕްރިންޓާ އެކު ރަޖިސްޓްރީކޮށް ނިންމަން ޖެހޭނެކަމަށާއި މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށްރަށުގައި ވޯޓުލާ ފަރާތްތަކުން މިމުހުލަތުގެ ތެރޭގައި ރަޖިސްޓްރީކޮށް ނިންމުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބުދުއްސަތާރު ވިދާޅުވީ އިނގިލީގެ ނިޝާން ނުޖަހާ ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަތަކަކުން ވެސް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ސްޕްރީމް ކޯޓުން ފުރަތަމަ ބުރު ބާތިލުކޮށް އަލުން ވޯޓުލާން އިއުލާނުކުރުމާއި ގުޅިގެން އިނގިލީގެ ނިޝާން ޖަހައިގެން ވޯޓުލާން ރަޖިސްޓްރީ ކުރި ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ފޯމު ހުށަހަޅާ އިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިއުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށާއި އަދި ރަޖިސްޓްރީ ވުމަށް އެދޭ މީހާ ވޯޓުލުމަށް ބޭނުންކުރާ އައިޑީކާޑު ނުވަތަ މުއްދަތު ހަމަނުވާ ރަސްމީ ލިއުމެއްގެ ކޮޕީ ފޯމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...