މި އަހަރުގެ އަޟްޙާ ޢީދު ނަމާދު ސްޓޭޑިއަމްގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަންދޭ ނަމަ ވީހާ ވެސް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ޢީދު ނަމާދު ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މިފަހަރުވެސް ސްޓޭޑިއަމްގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށާއި މިކަމުގައި ހެޔޮ އެދޭ ބައެއް ފަރާތްތަކުގެ އެއްބާރުލުން ލިބޭކަމަށެވެ.
ސްޓޭޑިއަމުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ އިރު، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ހުސްބިމެއްގައި އީދުނަމާދު ކުރާގޮތަށް ދަނީ ހަމަޖައްސަމުންނެވެ. މާލެ މާފަންނު ސްޓޭޑިއަމުގައި ފާއިތުވި ތިން ޢީދުގައި ވެސް ޢީދު ނަމާދުކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...