ދިއިސްލާމް މަކުނުދޫ އަދާލަތު ޕާރޓީ ޖަގަހައިގައި ރޯކޮށްލައިފި

މަކުނުދޫ އަދާލަތު ޕާރޓީ ޖަގަހައިގައި ރޯކޮށްލައިފި

މަކުނުދޫ އަދާލަތު ޕާރޓީ ޖަގަހައިގައި ރޯކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ މަކުނުދޫ އަދާލަތު ޕާރޓީ ޖަގަހަގައި ރޯކޮށްލައިފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާރޓި މަކުނުދޫ ގޮފީގެ ރައީސް އަބްދުﷲ ހަމީދު ވިދާޅުވީ ޖަގަހައިގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ ރޭ 3:15 ގައި ކަމަށާއި ރޯކޮށްލުމުގެ ސަބަބުން ޖަގަހައިގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި ޖަގަހައިގެ އޮފީސް އަދި ގުދަންބައި އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އޮފީހުގައި ބޭނުންކުރާ ހުރިހާ ސާމާނެއްވެސް ހަލާކުވެފައިވާ ކަމަށް އަބްދުﷲ ހަމީދު ވިދާޅުވިއެވެ. އަދި އޮފީސްބައިގެ ފާރުވެސް ވެއްޓިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

އަބްދުﷲ ހަމީދު ވިދާޅުވީ އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ރަށުގެ ރައްޔތުންގެ އެހީތެރިކަމާ އެކުގައި ކަމަށާއި އެއީ ކަނޑައެޅިގެން ވަކިބަޔަކު ކުރިކަމެކޭ ދަންނަވަން ދަތިކަމަށެވެ.

މަކުނުދޫ އަދާލަތު ޕާރޓީ ޖަގަހަގައި ރޯކޮށްލައިފާވާއިރު ދާދި ފަހުންވަނީ ރާއްޖެ ޓީވީ ހިންގާ އިމާރާތުގައިވެސް ރޯކޮށްލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.