އާއްމު ފަރާތެއްގެ ޝަކުވާއަކާއި ގުޅިގެން ސިހުރެއްކަމަށް ބެލެވޭ އެއްޗެއް ގަލޮޅު ކަންމަތިން ފުލުހުން ގެންގޮސްފިއެވެ.
އެސަރަހައްދުގައި ހުރި ދިއިސްލާމްގެ ރިޕޯރޓަރ މައުލޫމާތު ދިންގޮތުގައި ފުލުހުން ގެންދިޔަ އެ އެއްޗަކީ ފަސް ލީޓަރުގެ ލައިފް ފެން ފުޅިއެއް ފަޅާލައި އޭގެ ތެރެއަށް ދޮންވެލި އަޅައި ދުންދަނޑިތަކެއް ޖަހައި އަކަ ކުރަހާފައި ހުރި ކުކުޅު ބިހެއް އޮތް އެއްޗެއްކަމަށާއި އޭގެތެރޭގައި އަމުނާފައިވާ ލުނބޮޔަކާއި މިރުސްތަކެއް ވެސް ހުރިކަމަށެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ސްޕިރިޓުއަލް ހީލާރސް އޮފް މޯލްޑިވްސްގެ ރައީސް އަޖުނާދު އަލީ ވިދާޅުވިގޮތުގައި ފުލުހުން އެގެންދިޔަ އެތީގައި ތަވީދެއް އޮތްކަމަށާއި އެތަވީދު ނިއުޅާ ބެލުމުން އެއީ އަންހެނަކު ހިތާ ކުރުވަން ހަދާފަ އޮތް ސިހުރެއްކަން އެނގޭކަމަށެވެ. އަދި ކުކުޅު ބިހުގައި އަކަތަކެއް ކުރަހާފަ ހުރިކަމަށާއި ލުނބޯތަކުގައި އެއްވެސް ސިހުރުގެ ލިޔުމެއް ނެތްކަމަށެވެ. އަދި ފުލުހުން އެނަގަން ދިޔައިރުވެސް އޭގަ ޖަހާފަ ހުރި ދުންދަނޑިތައް ހުރި ރޯކޮށްފައި ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން ސިހުރު ހަދާފަކަމަށް ބެލޭ ތަފާތު އެއްޗެހިތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުންދާލެއް ވަނީ އިތުރުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...