ދިއިސްލާމް ދަރިވަރުންގެ ހައްޤުތަކަށް ބުރޫނާރާގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ރައީސް ގޮވާލައްވައިފި

ދަރިވަރުންގެ ހައްޤުތަކަށް ބުރޫނާރާގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ރައީސް ގޮވާލައްވައިފި

ދަރިވަރުންގެ ހައްޤުތަކަށް ބުރޫނާރާގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ރައީސް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަރިވަރުންގެ ހައްޤުތަކަށް ބުރޫނާރާގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ރައީސް ޑރ މުހައްމަދު ވަހީދު މިއަދު ގޮވާލައްވައިފި އެވެ.

މި އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނާއި ގުޅިގެން ރައީސް ޑރ ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ދެކެމުން އަންނަ މިނިވަންކަމުގެ ތެރޭގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެން ގަބޫލުކުރާ ޑިމޮކްރެޓިކް ހަމައެއް ކަމަށާއި އެއީ ގާނޫނުއަސާސީން ވެސް ކަށަވަރުކޮށްދީފައިވާ ހައްގަކަށްވީ ނަމަވެސް އެ ހައްޤުގެ ސަބަބުން ކިޔަވާ ކުދިންނާއި އެހެން މީހުންގެ އަސާސީ ހައްޤުތަކަށް ބުރޫއަރައިގެން ނުވާނެކަމަށެވެ.

އިތުރަށް މިބަޔާނުގައި ރައީސް ފާހަގަ ކުރައްވާފައިވާ ގޮތުން ރާއްޖޭގެ ދަރިވަރުން އޯލެވެލް އިމްތިހާނުތަކުން ރަން ވަނަތައް ހޯދަމުން އަންނަކަމަށާއި އެއީ ޤައުމުގެ މުސްތަޤުބަލާ ދޭތެރޭގައި ކުރެވޭ އުއްމީދުތައް އާވާ ކަމެއްކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް އިމްތިހާން ކާމިޔާބުކުރެވޭނެ ފަދަ މާހައުލެއް ޤާއިމްކޮށްދިނުމަކީ އެންމެން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސްގެ ބަޔާނުގައި ފާހަގަ ކުރައްވާފަވެއެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފަވަނީ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ކާމިޔާބީ އާއި ބާއްޖަވެރި މުސްތަގުބަލަކަށް އެދިވަޑައިގެންނެވެ.

މިއަހަރުގެ އިމްތިހާނުގައި 8200 އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ އެކި ސްކޫލްތަކުން އިމްތިހާނުގައި ބައިވެރިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.