ރާއްޖެ އަށް މިއަދު މި ދިމާވަމުންދާ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމު ކޯޓުގެ ވަގުތީ އަމުރާދެކޮޅައް އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރާ އިހުތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފާއިޒު އައްޔަން ކުރެއްވީ މި ފަދަ “ވިޔާނުދާ އަމަލެއް” ދުވަހަކު ވެސް ކުރައްވާނެ ކަމަށް ދެކެވަޑައިގެން ނޫން ކަމަށެވެ. އަދި ފަނޑިޔާރެއްގެ އަމަލުތައް ހުރީ މިވެނި ގޮތަކަށޭ ބުނެ ފުލުހުން އުއްތަމަ ފަނޑިޔާރަށް ލިޔުއްވާފައިވާއިރު އެ ފަނޑިޔާރު އެތަނުގައި ބައިންދަވައިގެން ޝަރީއަތް ކުރައްވަން އެ މަނިކުފާނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅުން ފަނޑިޔާރުގޭގައި ބައިތިއްބަވައިގެން އުއްތަމަ ފަނޑިޔާރަށް އެ މަގާމުގައި ހުންނަވަން ކެރި ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެކަން ގާނޫނާއި އިސްލާމްދީނާއި ހުދޫދުތައް ވެސް ބަލައިނުގަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންތިޚާބު ފަސްކުރުމަށް ނިންމެވި ސުޕްރީމު ކޯޓުގެ ހަތަރު ފަނޑޔާރުން ގޯސް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ގޯހީ އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ވޯޓު ދެއްވައި، ސިޔާސަތުތައް ގެންގުޅުއްވި ކަމަށް “ދެކުނު ފަނޑިޔާރު މަނިކުފާނު ކަމަށް” އަދި ރާއްޖޭގައި މިފަދަ ބޮޑު ޖަރީމާއެއް ހިންގަމުން އަންނައިރު އުއްތަމަ ފަނޑިޔާރު އެއްވެސް އެއްޗެއް ހިތްޕުޅަށް އަރާ ވަޑައިނުގަންނަވާތީ ދެރަފުޅުވާކަމަށެވެ.
ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ފާއިޒު ފަދަ ބޭފުޅުން ރަހުމަތްތެރިންގެ ގޮތުގައި އާއި ހެޔޮ ލަފާ ބައެއްގެ ގޮތުގައި ދެކިގެން ތިބި ކަމުގައި ވިޔަސް ދުނިޔެ ފަނާވަމުން ދަނީ ރަނގަޅު ކަމަށް ދެކޭ މީހުން ކަމެއް ނުކޮށް ތިބޭތީ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...