ސްޕިރިޗުއަލް ހީލާރސްއޮފް މޯލްޑިވްސްގެ ފަރާތުން ”ސިޙުރު ބާޠިލު ޕެކޭޖް“ ބަހަން ފަށައިފިއެވެ.
މި ޕެކޭޖުގައި ހިމެނެނީ، ސިޙުރުގެ ޙަޤީޤަތާއި ސިޙުރުން ސަލާމަތްވާނެގޮތާއި (ފެންކިޔެވުމާއި ފަރުވާގެ ގޮތުގައި ބޭނުންކުރުމަށް) ރުޤްޔާގެ އާޔަތްތަކާއި ސިޙުރު ޖެހިފައި ހުރިކަން ދެނެގަތުމާއި ފަރުވާ ކުރަންވީ ގޮތުގެ އިރުޝާދު އަދި (ފަރުވާގެ ގޮތުގައާއި ސިޙުރު ޖެހިފައި ހުރިތޯ ދެނެގަތުމަށް އަޑުއެހުމަށް) ރުޤްޔާ އޯޑިއޯ ސީޑީ އެވެ.
ސްޕިރިޗުއަލް ހީލާރސްއޮފް މޯލްޑިވްސް އިން ބުނީ މިކޭޖް ހިމެނޭނީ މި ހަތަރު އައިޓަމާއި އެކުކަމުގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައްބަޔަކަށް މަންފާކުރާނެކަމަށް އުންމީދުކޮށް އެކަމަށް ދުޢާ ކުރާކަމަށް ވެސް އެފަރާތުން ހާމަކުރެއެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް މިކަމުގެ އެހީތެރިކަން ލިބޭނެފަދަ ގޮތެއްވުން. އެގޮތުން ރާޤީން ހޯދުމުގެ ބަދަލުގައި އަމިއްލައަށް ސިޙުރު ދެނެގަނެ ފަރުވާ ކުރާނެގޮތް ބަޔާންކޮށްދިނުމަކީ އެންމެ ބޮޑު އެއް އެހީ" މައިތިރި ވެބްސައިޓްގައި ސްޕިރިޗުއަލް ހީލާރސްއޮފް މޯލްޑިވްސްގެ ރައީސް އައްރާޤީ އަޖްނާދު ޢަލީ ލިޔެފައިވެއެވެ.
މިކަމާ ބެހޭގޮތުން، އަޖްނާދު އިތުރަށް ލިޔެފައިވަނީ، ގިނަބަޔަކަށް ފަސޭހަވާނެގޮތަށް ޕެކޭޖްގެ ފައިލްތައް މިވަނީ ސައިޓްގައި އަޕްލޯޑްކުރެވިފައި ކަމަށާއި މިފައިލްތައް ވީހާވެސް ގިނައިން ޕެކް އެއްކޮށް ކޮޕީ ހެއްދުމަށްފަހު ބެހުމަކީ އެބޭފުޅުންގެ ވަރަށްބޮޑު އެދުމެއްކަމަށެވެ. އަދި މީގައިވާ އެއްވެސް ކޮންޓެންޓެއް ބަދަލުކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށްވެސް އަޖުނާދު ލިޔެފައިވެއެވެ.
މިޕެކޭޖްގެ ހާރޑް ކޮޕީތައް ހިލޭބެހުމުގެ މަސައްކަތް ސްޕިރިޗުއަލް ހީލާރސްއޮފް މޯލްޑިވްސް ޖަމްޢިއްޔާގެ ފަރާތުން މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި މިމަސައްކަތް އިތުރަށް ފުޅާކޮށް ގިނަބަޔަކަށް ލިބޭނެގޮތް ހެދުމަށްޓަކައި އިތުރު އެހީތެރިކަމަށް ބޭނުންވެފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ޕެކޭޖުގެ ފައިލްތައް ޑައުންލޯޑްކުރައްވާ:
1- ސިޙުރުގެ ޙަޤީޤަތާއި ސިޙުރުން ސަލާމަތްވާނެ ގޮތް
2- ރުޤްޔާގެ އާޔަތްތައް (ފެންކިޔެވުމާއި ފަރުވާގެ ގޮތުގައި ބޭނުންކުރުމަށް)
3- ސިޙުރު ޖެހިފައި ހުރިކަން ދެނެގަތުމާއި ފަރުވާ ކުރަންވީ ގޮތުގެ އިރުޝާދު
4- ރުޤްޔާ އޯޑިއޯ ސީޑީ (ފަރުވާގެ ގޮތުގައާއި ސިޙުރު ޖެހިފައި ހުރިތޯ ދެނެގަތުމަށް އަޑުއެހުމަށް) އޯޑިއޯ
ކޮމެންޓް (0)
ލޯޑް ކުރަމުން...