އިނގުރައިދޫ ސްކޫލްއިން ސިހުރު ހަދާފަކަމަށް ބެލެވޭ ދެކިހާކެއް ފެނިއްޖެއެވެ.
އިނގުރައިދޫގެ ޚަބަރުތައް ގެނެސްދިނުމަށް ޙާއްސަ އީތޭރަ.އެމްވީ ވެބްސައިޓުން ހާމަކުރާ ގޮތުގައި ސިހުރު ހަދާފަކަމަށް ބެލެވޭ ކިހައްތައް ފެނިފައިވަނީ އިނގުރައިދޫ ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ ފަރާތަކަށެވެ. އެފަރާތުން މައުލޫމާތު ދޭގޮތުގައި ދެކިހައް ފެނިފައިވަނީ ސްކޫލްއަށް ވަންނަން ބޭނުންކުރާ ދެ ގޭޓްކައިރިން ކަމަށެވެ. އަދި މި ކިހައްތަކުގައި ވަނީ އެހެންވެސް ސިހުރު ކިހައްތަކުގައި ލިޔެފައި ހުންގޮތަށް ލިޔެ މޮހޮރު ޖަހާފަކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. އަދި މިހާރު މި ދެކިހައް ވަނީ ސްކޫލް އޮފީހާ ހަވާލުކޮށްފައި ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
އިނގުރައިދޫ ސްކޫލްއިން ސިހުރު ހަދާފަކަމަށް ބެލެވޭ ދެކިހާކެއް ފެނިފައިވާކަން ސްކޫލްގެ ޕްރިންސިޕަލްވެސް ޔަޤީންކޮށްދެއެވެ.
ފޮޓޯ: އީތޭރަ.އެމްވީ
ކޮމެންޓް (0)
ލޯޑް ކުރަމުން...