ރާއްޖޭގެ ޚަބަރު ގާސިމް ނަޝީދު އާއި ބައްދަލު ކުރެއްވުމަކީ އެޕާޓީން މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއް - އަދާލަތު

ގާސިމް ނަޝީދު އާއި ބައްދަލު ކުރެއްވުމަކީ އެޕާޓީން މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއް - އަދާލަތު

ގާސިމް ނަޝީދު އާއި ބައްދަލު ކުރެއްވުމަކީ އެޕާޓީން މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއް - އަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އާއި ބައްދަލު ކުރެއްވުމަކީ އަދާލަތު ޕާޓީން އަދި އެޕާޓީގެ މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ

އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ ރައީސް ނަޝީދު ގާސިމާއި ބައްދަލުކުރެއްވުމާއި ގުޅިގެން އަދާލަތު ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށެވެ. އަދި އަދާލަތު ޕާޓީން އެއްވެސް ހާލެއްގައި ނަޝީދާއި ނުގުޅޭނެ ކަމަށާއި އަދި އެގޮތަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ފާސް ވާނެ ކަން ވެސް އެއީ މުސްތަހީއްލު ކަމެއް ކަމަށެވެ.

އިސްތަރުޖަމާން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކޮންމެވެސް ކެންޑިޑޭޓަކަށް ތާއިދު ކުރާނެ ކަމަށާއި އެކަން ނިންމާނީ އިންތިހާބާ ގުޅޭ ގޮތުން މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމުން ކަމަށެވެ.

ގާސިމް އިބްރާހިމް ނަޝީދު އާއި ބައްދަލުކުރި ކުރުން އުމަރި ނަސީރުގެ ޓީމުންވެސްވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮއްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.