ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުން ބާއްވާ ޢަޤީދާ ވޯރކް ޝޮޕްގެ 3 ވަނަ ބުރު ފަށަނީ

ޖަމްޢިއްޔަތުއްސަލަފުން ބާއްވާ ޢަޤީދާ ވޯރކް ޝޮޕްގެ 3 ވަނަ ބުރު ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އޮގަނައިޒްކޮށް ބާއްވަމުންދާ "ޢަޤީދާ ވޯކްޝޮޕް- ދަ ކްރީޑް ވޯކްޝޮޕް" ތިންވަނަ ފަހަރަށްވެސް ބާއްވާގޮތައް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފް އިން ހާމަކުރައްވާގޮތުގައި މިހިނގާ ޖެނުއަރީމަހު 28 ވަނަ ދުވަހާއި އަދި 29 ވަނަ ދުވަހު ޢަޤީދާ ވޯކްޝޮޕް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިވާގޮތަށާއި މިފަހަރުގެވެސް ވޯކްޝޮޕް އޮންނާނީ މީގެ ކުރިންވެސް ދެފަހަރު ވޯކްޝޮޕް ބޭއްވުނު ސޯސަލް ސެންޓަރ ސެމިނާރޫމްގައެވެ. މި ވޯކްޝޯޕްގައި ބައިވެރިވުމަށް 18 އަހަރުވެފައިވާ ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލާފައިވާކަމަށާއި ބައިވެރިވުމަށް ވަކި ޚާއްސަ ފެންވަރެއް ނުވަތަ ވަކި ސެޓްފިކެޓެއް އޮންނާކަށް ނުޖެހޭކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.

މިފަހަރުގެ ވޯކްޝޮޕްގައިވެސް ބައިވެރި ވުމުގެ ފީއެއްގެގޮތުން =/250 ދިވެހިރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާކަމަށާއި ވޯކްޝޮޕްގައި ބައިވެރިވުމަށް އެންމެފަހުގެ މުއްދަތަކީ މި ޖެނުއަރީ މަހުގެ 25 ވަނަދުވަހެވެ. މިފަހަރުގެ ވޯކްޝޮޕްގައި ލެކްޗަރާއިންގެ ގޮތުގައި ބައިވެރިވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ޢަބްދުﷲ ބިން މުޙަމްމަދު އިބްރާހިމް، އައްޝައިޚް ޙަސަން މޫސާ ފިކުރީ އަދި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމްއެވެ. ވޯކްޝޮޕްގައި ކިޔަވައިދޭނީ ސައްޙަ ޢަޤީދާ، ސުންނަތް، ﷲގެ ޙައްޤުތައް، ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދެންޖެހުނު ސަބަބުތައް އަދި ދީންތަކާއި ބާތިލް ފިރުޤާތައް މިމައުލޫތަކުގެ މައްޗަށްކަމަށް ހަބަރު ލިބެއެވެ.

އިތުރު މަޢްލޫމާތު ހޯއްދެވުމަށް 7411078 ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

ޓެގް

ދީން ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.