ދިއިސްލާމް ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދަދިނީ ނަޝީދުއެއް ނޫން: ޑރ. ޝަހީމް

ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދަދިނީ ނަޝީދުއެއް ނޫން: ޑރ. ޝަހީމް

ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދަދިނީ ނަޝީދުއެއް ނޫން: ޑރ. ޝަހީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދަދިނީ އެމްޑިޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއް ނޫން ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ. ޝަހީމް ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދަދިނީ ނަޝީދު ނޫންކަމަށާއި ޢިލްމުވެރިންނަށް މިނިވަންކަން ހޯދަ ދިނީ ނަޝީދުކަމަށް އެމްޑީޕީ އަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމާ ހައިރާންވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެމްޑީޕީއަށް ތާއީދު ކުރާފަރާތްތަކުން އެބުނަމުންދަނީ ހަޤީގަތެއް ނޫންކަމަށް ވިދާޅުވެ އިތުރަށް ވިދާޅުވީ ދީނީ ޢިލްމުވެރިން މިނިވަންކަން ހޯދީ އެބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން 2003 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގެ އިސްލާހީ ހަރަކާތުގެ ތެރެއިން އެފުރުސަތުވަނީ ދީނީ ޢިލްމުވެރިންނަށް ދެއްވާފައިކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

ދީނީ ޢިލްމުވެރިންގެ މަސައްކަތްތަކާއި މިނިވަންކަމާއެކު ބަސްބުނުުމުގެ ޖިހާދަކީ ނަޝީދުއަށްވުރެ މާކުރިން ފަށާފައިވާ މަސައްކަތްތަކެއް ކަމަށާއި އިނގެރޭސިންގެ އެހީ ހޯދައިގެން ނަޝީދު ރާއްޖެއަށް އިސްލާހު ގެނައުމުގެ ނަމުގައި ހިންގި ހަރަކާތުގެ މާކުރިން އެތައް ޢިލްމުވެރިންނެއްވަނީ އިސްލާހީ މަސައްކަތް ފަށާފައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިސްލާހީ މަސައްކަތުގައި އުޅުއްވި ބައެއް ޢިލްމުވެރިން ވަނީ އޭރުގެ ހާލަތާއި ޤާނޫނުތައް ހުރިގޮތުން ނަޝިދަށްވުރެ މާކުރިން ޖަލަށްވެސް ގޮސްފައި ކަމުގައި ޑރ. ޝަހީމް ފާހަގަ ކުރެއްވާފައިވެއެވެ.

އަދާލަތު ޕާރޓީގެ ފޮރިންގ ރިލޭޝަންސް ސެކްރެޓަރީގެ މަޤާމްވެސް ފުރުއްވަމުން ގެންދަވާ އަދި ކުރިން އެޕާރޓިގެ އިސްތަރުޖަމާނުގެ މަޤާމްވެސް ފުރުއްވި ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ދީނީ ޢިލްމުވެރިންނަށް އަނިޔާކޮށް ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ދައުވާތައް އުފުލަން އޭރުގައި އުޅުނު މީހުން މިއަދު ތިބީ ނަޝީދުގެ ފަހަތުގައި ކަމަށާއި އެމްޑިޕީ ޖަލްސާއެއްގެ ކުރީ ސަފުގެ ފޮޓޯއެއް ނަގާ ބާލާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އަދި ޢިލްމުވެރިންނަށް އެފަދަ އަނިޔާތަކެއްދިން މީހުން މިއަދު އެމްޑިޕީ އިން ސިފަކުރަނީ އާބާރެއް، ބަތަލެއް ނުވަތަ އެނޫންވެސް އެފަދަ ނަންނަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.