ރާއްޖޭގެ ޚަބަރު އަންދަލުސް ފަނާވީ ދީނާ ދެކޮޅަށް ފާޅުގައި ބަސް ބުނިއިރު އިލްމުވެރިންގެ ޒިންމާ އަދާކުރަން ފަސްޖެހުމުން: ޝެއިޙް ޝަމީމް

އަންދަލުސް ފަނާވީ ދީނާ ދެކޮޅަށް ފާޅުގައި ބަސް ބުނިއިރު އިލްމުވެރިންގެ ޒިންމާ އަދާކުރަން ފަސްޖެހުމުން: ޝެއިޙް ޝަމީމް

އަންދަލުސް ފަނާވީ ދީނާ ދެކޮޅަށް ފާޅުގައި ބަސް ބުނިއިރު އިލްމުވެރިންގެ ޒިންމާ އަދާކުރަން ފަސްޖެހުމުން: ޝެއިޙް ޝަމީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

“އަންދަލުސް” ފަނާވުމުގެ ސަބަބަކީ ދީނާ ދެކޮޅަށް ފާޅުގައި ބަސް ބުން ފެށިއިރު އިލްމުވެރިން އެބޭކަލުންގެ ޒިންމާ ޙައްޤު ފާޅުކުރަން ފަސްޖެހުން ކަމަށް އައްޝެއިޙް އާދަމް ޝަމީމް ބިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

“އަންދަލުސް” ނަމުގައި ޖަމިއްޔަތުއް ސަލަފުން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ޝެއިޙް ޝަމީމް ވިދާޅުވީ “އަންދަލުސް” ފަނާވުމުގެ ސަބަބަކީ އިސްލާމް ދީނަށް ފާޅުގައި ބާރުހުރި ފަރާތްތަކުން ފުރައްސާރަ ކުރަން ފެށިއިރު އިލްމުވެރިން އެބޭކަލުންގެ ޒިންމާ ޙައްޤު ފާޅުކުރަން ފަސްޖެހުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ފާޅުގައި މާތް ﷲ ގެ ދީނާއި ކީރިތި ރަސޫލާ އާއި އިދިކޮޅަށް ބައެއް މީހުން އެއްޗެހި ބުނާއިރު އެ އަޑުއަހަން ތިބުމަކީ މާ ނުރައްކާތެރި ބިރުވެރިކަމެއް ކަމަށާއި ކޮންމެ މުޖުތަމައުއެއްގައި ވެސް ފަސާދަވެފައި ތިބި މީހުން ތިބޭއިރު އެމީހުން ސީދާ ކުރުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ އަސްލާއި ހިލާފުވުމުން ހުރިހާ އިލްމުވެރިން އެކައްޗެއް ކިޔައި އެއްގަލަކަށް އަރަން ޖެހޭ ކަމަށާއި އިލްމުވެރިން މުންކަރާތް މަނާކޮށް ހެޔޮކަން ކަމަށް އަމުރުކުރަން ޖެހޭ ކަމަށް ޝެއިޙް ޝަމީމް ވިދާޅުވި އެވެ.

ފޮޓޯ: "އަންދަލުސް" ދަރުސް

ޝެއިޙް ޝަމީމް އިތުރަށް ވިދާޅުވީ "ދީނީ އިލްމުވެރިން ޒުވާނުންނަށް ބިރެއް ނުދައްކާނެ ކަމަށާއި ނަމަވެސް ޒުވާނުން މަރުވެ ދަނީ ބޮޑެތި ފާފަތަކުގެ ތެރޭގައި ތިބެ ކަމަށާއި ގިނަ ޒުވާނުން މާތް ﷲ އަށް ތައުބާވެ ނުވެ އެމީހުން މަރުވެދާ ކަމަށެވެ. އަދި އެއްވެސް މުޖުތަމައެއް އިލްމުވެރިންގެ ސަބަބުން ހަލާކުވެގެން ނުދާނެކަމަށެވެ. އަދި ﷲގެ މަގައް ގޮވާލާނެ ބަޔަކު ނެތިއްޖެޔާ އެތަނަކެއް ހަލާކުވެގެންދާނެކަމަށެވެ.

“ﷲ ގެ ކޯފާ އާއި އަޒާބު އެތަނަކަށް އައުން ކައިރިވީ، އަދި އެބަޔަކު ސަލާމަތެއް ނުވާނެ، އެހެނީ ރަސޫލު ބޭކަލުންގެ ވަޒީފާއަކީ މުންކަރާތް މަނާކޮށް ހެޔޮކަން ކަމަށް އަމުރުކޮށް ކަންކަން އިސްލާހުކުރުން، އެބޭކަލުންނަށް ތަބާވީ މުރާލި ސޯލިހް ބޭކަލުންގެ ވަޒީފާއަކީ އެއީ، އިލްމުވެރިންގެ ވަޒީފާއަކީ އެއީ،” ޝެއިޙް ވިދާޅުވި އެވެ.

ޝެއިޙް އިތުރަށް ވިދާޅުވީ، "އަންދަލުސް" އަޅުގަނޑުމެންނަށް އިންޒާރުދެނީ މުސްލިމުންގެ މައްޗަށް ޤައިރުމުސްލިމުންގެ ފިކުރު އިސްކުރުމުގެ ހިތި ނަތީޖާ ކަމަށާއި އަންދަލިސް" ގެ ބައެއް މީހުން ނަޟޯރާއިންނާ ގުޅިގެންގޮސް އެންމެފަހުން، އެމީހުންދެކެ ލޯބިވެގެން ގޮސް އެބައިމީހުންނަށް ތަބާވެގެން ދިޔަކަމަށެވެ.

އެހެންކަމުން އަޅުގަނޑުމެން ހޭލާ ނުތިބެއްޖެނަމަ "އަންދަލުސް" އަށް ދިމާވިފަދަ ހިތާމަތަކެއް އަޅުގަނޑުމެންގެ ރާއްޖެއަށް ވެސް އަތުވެދާނެ ކަމަށްވެސް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.

ޖަމިއްޔަތުއް ސަލަފުން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު ރޭގެ ދަރުސް ޓީވީއެމް، ވީޓީވީ، ދިޓީވީ، ސަންޓީވީ އަދި ޗެނަލް13 އިން ވަގުތުން ދައްކާފައިވެއެވެ. އަދި ރޭޑިއޯ އެޓޯލް އާއި ސަންއެފްއެމް އިން ވަނީ ދަރުސް ވަގުތުން ދުރަށް ފޮނުވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.