“އަންދަލުސް” ނަމުގައި ޖަމިއްޔަތުއް ސަލަފުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް 4 ޓީވީއަކުން ލައިވް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން ސަލަފް ޖަމިއްޔާއިން ހާމަކުރާ ގޮތުގައި މިރޭގެ ދަރުސް ދިޓީވީ، ވީޓީވީ، ސަންޓީވީ އަދި ޗެނަލް 13 އިން ލައިވް ކުރާގޮތަށް ވަނީ ހަމަ ޖެހިފައިވާކަމަށެވެ. އަދި ރޭޑިއޯ އެޓޯލްއިންވެސް މިދަރުސް ލައިވް ކުރާނެކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
މިއީ ދަރުސެއް ގިނަ ޓީވީ ތަކަކުން އެއްފަހަރާ ލައިވް ކުރާ ފުރަތަމަ ފަހަރެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އަލިމަސް ކާނިވަލްގައި ބޭއްވުމަށް ހަމަޖެއްސި މިދަރުސް މިހާރުވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްއަށް ބަދަލުކޮށްފައެވެ.
މިރޭގެ ދަރުސް ދެއްވާނީ އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް އަދި އައްޝައިހް އަހުމަދު ސަމީރު ބިން އިބްރާހިމް ކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ. އަދި ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...