ދިއިސްލާމް ފުވައްމުލަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ފުވައްމުލަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ފުވައްމުލަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކު ޕޮލިސް ސްޓޭޝަންއިން ހިންގި ޙާއްސަ އޮޕަރޭޝަންއެއްގައި އެރަށަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަންއިން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން ފުވައްމުލަކަށް އައި ފެރީއަކުން ގެނައި ފޮށިގަނޑެއްގެ ތެރެއިންނެވެ.

ސެޕްޓެމްބަރ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ޗެކްކުރި މި ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބާމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 05 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.