ރާއްޖޭގެ ޚަބަރު އިންތިޚާބާއި އެހެންވެސް ކަންކަމުގައި ސިޙުރު ހެދުން ހުއްޓާލުމަށް ގޮވާލަން: ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް

އިންތިޚާބާއި އެހެންވެސް ކަންކަމުގައި ސިޙުރު ހެދުން ހުއްޓާލުމަށް ގޮވާލަން: ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް

އިންތިޚާބާއި އެހެންވެސް ކަންކަމުގައި ސިޙުރު ހެދުން ހުއްޓާލުމަށް ގޮވާލަން: ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންތިޚާބާއި އެހެންވެސް ކަންކަމުގައި ސިޙުރު ހެދުން ހުއްޓާލުމަށް ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައިވަނީ "ޒަމާނުއްސުރެ، ސިޔާސީ ކަންކަމުގައި ކާމިޔާބު ހޯދުމަށްޓަކައި ސިޙުރު ހާހޫރައިގެ ބޭނުން ކުރަމުން އަންނަކަމީ ގިނަބަޔަކު ދަންނަ ކަމެއް"ކަމަށާއި "މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައިވެސް އެކި ފަރާތްތަކުން ސިޙުރު ހަދަމުންދާކަމުގެ މަޢުލޫމާތު ދަނީ މިޖަމްޢިއްޔާއަށް ލިބެމުންދާ"ކަމަށެވެ. އެގޮތުން "ބައެއް ރަށްރަށުގައި، ދިދަ މެތުރުމަށްފަހު ވަހުތާން ޖެހުމާއި، ބޮނޑިބަތްފަދަ ކާބޯތަކެތީގެ ޒަރީޢާއިން ސިޙުރު ހަދާކަމަށާއި، އެއްޗެހި ކަނޑުފައްތާ ހަދަމުން ދާކަމަށާއި، ޖަގަހަތައް ކައިރިއަށް ފެން ކިޔަވާ އެޅުން ފަދަ ކަންކަން ކުރަމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިފައިވާ"ކަމަށް ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.

ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ ބަޔާނުގައި ސިޔާސީ ގޮތުން ހަދަމުންދާ ސިހުރު ހާހޫރާއިގެ މިސާލެއްވެސް ވަނީ ބަޔާންކޮށްފައެވެ. "3 ސެޕްޓެމްބަރު 2013 ގައި ކ.ގުރައިދޫ ސްކޫލު ދޮރުމަތިން ސިޙުރުހަދާފައިވާ ކަމަށް ބެލެވޭ، ލިޔެފައިވާ ކިހާކެއް ވަޅުލާފައިވަނިކޮށް ފެނިފައިވާ" ކަމަށް އެޖަމިއްޔާގެ ބަޔާނުގައިވެއެވެ.

ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ "ސިޔާސީ ބޭނުންތަކުގައި، ވޯޓާއި ތާޢީދު ހޯދުމަށްޓަކައި ހަދާ ސިޙުރު ނުވަތަ ފަންޑިތައަކީވެސް، އޭގެ ސަބަބުން އެ ސިޙުރު ޖެހޭމީހާއަށްވެސް ގެއްލުންތަކާއި ކުރިމަތިވެދާނެ ކަމެކެވެ. އަދި މިފަދަ ސިޙުރު ނުވަތަ ފަންޑިތަ ރައްދުވާ ފަރާތަކީ ހަމަ ނިކަމެތި ރައްޔިތުންނެވެ. ސުކޫލުތަކުގެ ދަރިވަރުންނަށްވެސް މިފަދަ ކަންކަމުގައި ހަދާފައިވާ ސިޙުރުގެ އަސަރުކޮށް އެކި ސުކޫލުތަކުގައި ކުދިން ހޭނެތުން ފަދަ ކަންކަން މީގެ ކުރިންވެސް ވަނީ ދިމާވެފައެވެ. ވީމާ، މިފަދަ ޢަމަލްތައް ކުރުން ހުއްޓާލުމަށާއި، ހުއްޓުވުމަށް، ސަރުކާރަށާއި، ކަމާބެހޭ ފަރާތްތަކަށާއި، ސިޔާސީ ޕާރޓީތަކަށާއި، ޢާއްމު އެންމެހާ ރައްޔިތުންނަށް ގޮވާލަމެވެ." މިފަދައިންނެވެ.

އިންތިހާބާއި ދިމާކޮށް ސިހުރު ހެދުމުގެ ވާހަކަ އާންމުވެފައިވާއިރު ބައެއް ރަށްރަށުން އެފަދަ ކަންކަން ދަނީ ފެންނަމުންނެވެ.

ވިދާޅުވޭ: އިންތިޚާބާއި އެހެންވެސް ކަންކަމުގައި ސިޙުރު ހެދުން ހުއްޓާލުމަށް ގޮވާލާ ބަޔާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.