ރާއްޖޭގެ ޚަބަރު ޢަރަބި ބަސް ކިޔަވައި ދޭ ޕޮރުގުރާމެއް ސަން ޓީވީ ޕްލަސް އިން ގެނެސްދޭން ފަށައިފި

ޢަރަބި ބަސް ކިޔަވައި ދޭ ޕޮރުގުރާމެއް ސަން ޓީވީ ޕްލަސް އިން ގެނެސްދޭން ފަށައިފި

ޢަރަބި ބަސް ކިޔަވައި ދޭ ޕޮރުގުރާމެއް ސަން ޓީވީ ޕްލަސް އިން ގެނެސްދޭން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓީވީ މެދުވެރިކޮށް ޢަރަބި ބަސް ކިޔަވައި ދޭ ސިލްސިލާ ޕޮރުގުރާމެއް ސަން ޓީވީ ޕްލަސް އިން ގެނެސްދޭން ފަށައިފިއެވެ.

ވިޑީއޯ: ޢަރަބި ކްލާސް 1 (1 ވަނަ ބައި)

 މި ސިލްސިލާގެ ފުރަތަމަ ޕޮރުގުރާމު ވަނީ މި ހިނގާ އޯގަސްޓު މަހުގެ 25 ވީ އާދީއްތަ ދުވަހުގެ ރޭ ދުރަށް ދައްކައިފައެވެ. މި ޕޮރުގުރާމް ޓީވީން ދުރަށް ދައްކާނީ ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ 10 އިން 11 އަށެވެ. އަދި މި ޕޮރުގުރާމުގެ ރިޕީޓް ކޮންމެ ބުދަ ދުވަހެއްގެ ރޭ 12:30 އިން 01:30 އަށް ދުރަށް ދައްކާނެއެވެ. އަދި ޓީވީން ދެއްކުމަށް ފަހު މި ޕޮރުގުރާމް ޔޫޓިއުބުން ވެސް ބެލެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

"ޢަރަބި މުދައްރިސް" ގެ ނަމުގައި ސަން ޓީވީ ޕްލަސް އިން ފޮނުވާ މި ޕޮރުގުރާމުގައި ކިޔަވައިދެއްވާނީ އަލްއަޚް އިޔާޒު ނަސީމެވެ.

އިޔާޒު ނަސީމު ޢަރަބި ބަސް ކިޔަވައިވިދާޅުވީ ފައިސަލްއާބާދުގެ ޖާމިޢާ ސަލަފިއްޔާ އާއި ކަރާޗީގެ ޖާމިޢާ އަބޫބަކުރު އިސްލާމިއްޔާއިންނެވެ. އަދި އޭގެ ފަހުން އިންޑިޔާގައި ޢަރަބި ބަސް ކިޔަވައިދޭ މަދަރުސާތަކަށް ވެސް އޭނާ ވަނީ ވަޑައިގެންފައެވެ. ބަސް ދަސްކޮށްދޭ ވަރަށް ގިނަ ފޮތްތަކެއް އިޔާޒު ނަސީމް ލިޔުއްވައިފައިވެއެވެ. މި ގޮތުން ނޮވެލްޓީގެ ފަރާތުން ޝާއިއު ކުރި "މަގޭ ޢަރަބި މުދައްރިސް" މި ފޮތް ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.