ރާއްޖޭގެ ޚަބަރު ދުޢާ ކުރުމުގައި މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅު: ކައުންސިލް

ދުޢާ ކުރުމުގައި މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅު: ކައުންސިލް

ދުޢާ ކުރުމުގައި މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅު: ކައުންސިލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުޢާ ކުރުމުގައި ކައުންސިލްގެ މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅުކަމަށް އައްޑޫ ސިޓީ ކައުންސިލުން މުދިމުންނަށް އަންގައިފިއެވެ.

މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން މުދިމުންނަށް ފޮނުއްވި ސިޓީއެއްގައިވަނީ "މިސްކިތުގެ މުދިމުން ބައެއް ކަހަލަ ހާއްސަ ދުއާތައް އާންމުން ބައިވެރިކޮށްގެން ކުރަމުންދާކަން ވަނީ އެނގިފަ އެވެ. ވީމާ އިމާމުންނާއި މުދިމުން މިކަންކަން ކުރުމުގައި ކައުންސިލްގެ މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅެވެ." އަދި "އާންމުންގެ މެދުގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެ ކަމަކަށްވާތީ މިކަމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް އަންގަމެވެ." މިފަދައިންނެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީ ކައުންސިލުންވަނީ މުދިމުންނަށް މިފަދަ އެންގުމެއް އަންގާފައެވެ. އެފަހަރު ވަނީ އައްޑޫގެ މިސްކިތްތަކުން ނަމާދު ކުރާއިރު މައިކް ބޭނުން ކޮށްގެން ގުރުއާން ނުކިޔެވޭނެ ގޮތަށް ނިންމައި އިމާމުން ލައްވައި ސޮއި ކުރުވައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.