ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ފުރަތަމަ އިންޓަރ ހައުސް ޤުރްއާން މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.
އެ ސްކޫލްގެ އިސްލާމިކް ފޯރަމް، ނޫރް- ލައިޓް އޮފް އިސްލާމް އިން އިންތިޒާމް ކޮށްގެން ބޭއްވި މި މުބާރާތަކީ އެސްކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވުނު މިފަދަ ފުރަތަމަ ޤުރްއާން މުބާރާތެވެ. ސުކޫލްގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ޖުމުލަ 39 ދަރިވަރުން ބައިވެރިވެފައި ވެއެވެ. ދެ ގޮތްޕަކަށް ބަހައިލެވިގެން ބޭއްވުނު މިމުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން 7 ބައިވެރިން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 32 ބައިވެރިން ބައިވެރި ވެފައިވެއެވެ.
ވިލާ އިންޓަރނޭޝަނަލް ހައިސުކޫލްގެ އިސްލާމިކް ފޯރަމްގެ ރައީސް ވިދާޅުވި ގޮތުގައި މިމުބާރަތުގެ މަޤްޞަދަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންގެ ހިތް ތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރުއާނަށް އަހުލުވެރިކޮށް، ރިވެތިކޮށް ޤުރުއާން ކިޔެވުމަށް ދަރިވަރުންނަށް ބާރުއަޅާ ހިތްވަރު ދިނުމެވެ.
އަދި ކުރިޔަށް އޮތް ތާނގައިވެސް ނޫރުން އިންތިޒާމުކޮށްގެން މިފަދަ މުބާރާތްތަކާއި، މިނޫންވެސް ދީނީ އެކި ޕްރޮގްތާމަތައް ބޭއްވުމަށް ގަސްދު ކުރާކަމަށް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...