ޕިއްލޭ މައާފަށް އެދޭކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ވިދާޅުވެއްްޖެއެވެ.
ޓީވީއެމްއިން ކުރިއަށް ގެންދާ ”ސިޔާސަތު ޕްރޮގްރާމް" ގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ޑރ ވަހީދު ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ 2011 ވަނަ އަހަރު ރާއްޖެ އަށް ކުރި ޒިޔާރަތުގައި ދެއްކި ވާހަކަތަކަށް މަޢާފަށް އެދެން ނުޖެހޭނެކަމަށެވެ.
ޕިއްލޭ ރާއްޖެއަށް ޒިޔާރަތްކޮށް ހައްދު ޖެހުމާއި ދެކޮޅަށް ވާހަކަ ދެއްކި އިރު ނައިބް ރައީސްކަމަށް ހުރި ޑރ ވަހީދު ވިދާޅުވީ "ނަވީ ޕިއްލޭއަކީ އދ.ގެ ވަރަށް އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް، އެބޭފުޅާގެ މަސްއޫލިއްޔަތެއް އެއީ އދ.ގެ ޕޮޒިޝަން ހުރިހާ ގައުމުތަކެއްގައި ވެސް ހާމަކުރުމަކީ. ހާއްސަކޮށް އދ. ގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު އެހެން ވިދާޅުވާ އެއްޗަކަށް އެގޮތަށް ރައްދުދީ މައާފަށް އެދުމަކީ ކުރަން ޖެހޭ ކަމެއް ނޫން."ކަމަށެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވަނީ ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެމީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށާއި ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސަކަށް ދާންޖެހޭ ކަމަށެވެ.
ޕިއްލޭ ދެއްކި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕިއްލޭ ދެއްކި ވާހަކަތަކަށް "މާފަށް އެދިވަޑައިގަތުން އަދި އެ ވާހަކަ ކުށްވެރި ނުކުރައްވާނެ" ކަމަށް ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އެކަން ކުށްވެރި ކުރަން ދެކޮޅު ހަދާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...