ރާއްޖޭގެ ޚަބަރު އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެކަމެއްގެ މަތީގައި ދެމިހުރެވޭ އަމަލު: ޝައިޚް ފިކުރީ

އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެކަމެއްގެ މަތީގައި ދެމިހުރެވޭ އަމަލު: ޝައިޚް ފިކުރީ

އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެކަމެއްގެ މަތީގައި ދެމިހުރެވޭ އަމަލު: ޝައިޚް ފިކުރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ﷲ ސުބުހާނަހޫ ވަތަޢާލާ ހަޟްރަތުން އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެކަމެއްގެ މަތީގައި ދެމިހުރެވޭ އަމަލު ކަމަށް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝައިޚް ފިކުރީ މިހެން ވިދާޅުވީ ޖަމިއްޔަތުއް ސަލަފުން ނެރުނު 45 ވަނަ ހަފުތާ ނަޞޭހަތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝައިޚް ފިކުރީ އިތުރަށް ވިދާޅުވީ ނަމާދުކުރުމާއި ޒަކާތް ދިނުމާއި ޞަދަގާތްކުރުމަކީ ވަކި މަސްއަރަކަށް ނުވަތަ ވަކި ދުވަސްތަކަކަށް ނުވަތަ ވަކި ވަގުތަކެއްގައި ކުރުމަށްފަހު އަނެއް ވަގުތުތަކުގައި ނުކޮށް ދޫކޮށްލާން އޮތް އަޅުކަންތަކެއް ނޫންކަމަށެވެ.

އަދި ހެޔޮކަމުގެ މަސްއަރުތަކުގައި އަޅުގަނޑުމެން ހީވާގިވެ ރޭއަޅުކަމުގައި ރޯދައިގައި ކީރިތި ގުރުއާން ކިޔެވުމުގައި ދެމިތިބޭ ފަދައިން އެނޫން މަސްއަރުތަކުގައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް އެފަދަ އަމަލުތައްކޮށް އެއަލުތަކުގައި ދެމިތިބުމަކީ ރިވެތި މޫމިނުންގެ އަދަބުތަކުގެ ތެރޭގައި ސިފަތަކުގެ ތެރެގައި ހިމެނޭކަމެއް ކަމަށް ވެސް ޝައިޚް ފިކުރީ ވިދާޅުވިއެވެ.

މީޣެ އިތުރުން އަޅުގަނޑުމެން މި ދިރިއުޅުމުގެ ހަޔާތާ ވަކިވެގެން ދާންޖެހޭނެ ވަގުތަކީ އެއްވެސް މީހަކަށް އެނގޭ ވަގުތެއް ނޫންކަމަށާއި އެހެންކަމުން ހުރިހާ އަޅުތަކުންނަށްވެސް އޮތީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުއްސެވުން ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުން ކަން ވެސް ޝައިޚްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.