ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އަކީ ދިވެހިންގެ ލޯތްބާއި އަދި އިޙުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ޢަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.
ޢަދަލާތު ޕާޓީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ނަޝީދުގެ ލާދީނީ އެޖެންޑާ ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ އިސްލާމީ ޢިލްމު ވެރީން ކަމަށެވެ. "ނަޝީދުގެ ލާދީނީ އެޖެންޑާ ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ އިސްލާމީ ޢިލްމު ވެރީން. އަދި ދީނާއި ގައުމަށް ވަފާތެރި ދިވެހި ރައްޔަތުން. އެހެންކަމުން ލާދީނީ މީހުން އެންމެ ރުޅިއައިސް އަދި ޖެހިލުންވާ ބަޔަކީވެސް އިސްލާމީ ޢިލްމު ވެރީން"ކަމަށެވެ.
"މަޝްހޫރު އިސްލާމީ ޢިލްމުވެރިއާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އަޑިގައިވާ ކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީސްގެ ރައީސް ފަޟީލަތުއްޝައިޚު އިލްޔާސް ޙުސައިންއާއިމެދު ދޮގު ބުހުތާން ވާހަކަތަކެއް ދެއްކިޔަކަސް މިއަދު އެވާހަކަތައް ގަބޫލު ކުރާނީ ނަޝީދުގެ ކަލްޓު ވިސްނުމުގައި ޖެހިފައިވާ ބަޔަކު އެކަނި."ކަމަށް ޢަދާލަތު ޕާޓީއިން މިއަދު ނެރެފައިވާ ބަޔާނުގައިވެއެވެ.
ޢަދާލަތުގެ މިބަޔާނުގައި އެމްޑީޕީއިން ދާދިފަހުން ޝެއިޚް އިލްޔާސްއަށް ރައްދުކޮށްފައިވާ ވާހަކަތަކަށް ރައްދު ދެމުން ބުނެފައިވަނީ "ޝައިޚު އިލްޔާސްއަކީ ދިވެހި ރައްޔިތުންގެ ލޯތްބާއި އަދި އިޙުތިރާމް ވަރަށް މަތީ ދަރަޖަޔަކަށް ލިބިފައިވާ ބޭފުޅެއް."ކަމަށާއި "އެބޭފުޅާގެ ދަރުސް ތަކަށް ޝައުގުވެރިވެ ޖަމާވާ އެތައްހާސް ރައްޔިތުންނަކީ މީގެ އަލިގަދަ ހެއްކެއް. މިފަދަ ލާދީނީ ފިކުރުގެ ބަޔަކު ޝައިޚު އިލްޔާސް ދެކެ ރުޅި އައިސް ޖެހިލުން ވުމަކީވެސް އައްޝައިޚް އިލްޔާސްއަކީ ޙައްޤުގެ މަގުގައި ﷲ ގެ ދީނަށް ޓަކައި މަތިވެރި މަސައްކަތް ތަކެއް ކުރައްވާ ބޭފުޅެއްކަމުގެ އަލިގަދަ ހެއްކަކަށް ނުވޭތޯއެވެ؟"ބުނެ ޢަދާލުން ވަނީ ސުވާލު އުފައްދާފައެވެ.
ޢަދާލަތު ޕާޓީއިން ޝެއިޚް އިލްޔާސްގެ ދިފާއުގައި ބަޔާން ނެރެފައިމިވަނީ އެމްޑީޕީއިން ދާދިފަހުން ޝެއިޚް އިލްޔާސްއަށް ވަރަށް ބޮޑަށް ފާޑުކިޔާ ބަޔާނެއް ނެރެފައިވަނިކޮންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...