އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި މިތުރުގެ ކްލާސް ގުޅިގެން ފިތުރު ޢީދު ފާހަގަ ކުރަން ހަމަޖެހިފައިވާކަމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލް އިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލް އިން ހާމަކުރި ގޮތުގައި "1434 هـ ވަނައަހަރުގެ ފިތުރު ޢީދު ފާހަގަ ކުރުމަށްޓަކާ، ޢާންމުކޮށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ" ކަމަށާއި "މިހަވީރު އޮންނާނީ 1 އަދި 2 ޝައްވާލު ވާ (8 އަދި 9 އޮގަސްޓް 2013 ވާ) ބުރާސްފަތި އަދި ހުކުރު ދުވަހުގެ ހަވީރު 4ން 6ށް، ކުޑަކުދިންގެ ބަގީޗާ ގައި"ކަމަށެވެ.
އިސްލާމީ ފިތުރު ޢީދުގައި، ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތައް އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުކޮށް، އިސްލާމީ އުޚުއްވަތްތެރިކަން ބަދަހިކޮށް، އެކުވެރިކަމާއި އުފާވެރިކަމާއެކު އިސްލާމީ ޢީދު ފާހަގަކޮށްލެވޭނެ ފުރުސަތެއް ހޯދައިދިނުމުގެ މަޤްސަދުގައި ބާއްވާ މިކުޑަކުދިންގެ ހަވީރުގެ ތީމްއަކީ 'އަޅުގަނޑުމެންނަށް އެހީތެރިވާ މީހުން' އެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލް އިން ހާމަކުރާ ގޮތުގައި މިހަވީރުގައި ޓްރެފިކް ޕޮލިސް، ފަޔަރ އެންޑް ރެސްކިޔު، ކޯސްޓްގާރޑް، ކަސްޓަމްސް ފަދަ ޢާންމުންނަށް ޚިދުމަތްދެއްވާ ފަރާތްތަކުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިހަވީރު ބާއްވާ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަރނޭޝަނަލް ކަރިކިޔުލަމަށްވެސް ކިޔަވައިދޭ ސްކޫލެކެވެ. އަދި އެކްސެލް އިންޓަރނޭޝަނަލް ސްކޫލް އާއި ގުޅިގެން ހަވީރު އިންތިޒާމްކުރާ މިތުރު ކްލާސް އިން ކީރިތި ޤުރުއާނާއެކު އެހެނިހެންމާއްދާތައްވެސް ކިޔަވައިދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...