ރާއްޖޭގެ ޚަބަރު ޖަމުޢިއްޔަތުލް ޤަލަމާއި އެސޯސިއޭޝަން ފޯރ ދަނގެތި ޑިވެލޮޕްމެންޓްގެ 7 ވަނަ ދީނީ ސުވާލް މުބާރާތް ބާއްވައިފި!

ޖަމުޢިއްޔަތުލް ޤަލަމާއި އެސޯސިއޭޝަން ފޯރ ދަނގެތި ޑިވެލޮޕްމެންޓްގެ 7 ވަނަ ދީނީ ސުވާލް މުބާރާތް ބާއްވައިފި!

ޖަމުޢިއްޔަތުލް ޤަލަމާއި އެސޯސިއޭޝަން ފޯރ ދަނގެތި ޑިވެލޮޕްމެންޓްގެ 7 ވަނަ ދީނީ ސުވާލް މުބާރާތް ބާއްވައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުލް ޤަލަމާއި އެސޯސިއޭޝަން ފޯރ ދަނގެތި ޑިވެލޮޕްމެންޓް (އޭ.ޑީ.ޑީ) ގުޅިގެން ދަނގެތީ ރަށްޔިތުންގެ މެދުގައި ސިލްސިލާ ކޮށް ބާއްވަމުން އަންނަ ދީނީ ސުވާލު މުބާރާތުގެ 7 ވަނަ މުބާރާތް ބާއްވައިފިއެވެ.

މިހިންގާ ރަމަޟާން މަހުގެ 28 ވީ ހޯމަ ދުވަހުގެ ރޭގައި ބޭއްވި މި މުބާރާތުގައި ޖުމުލަ 5 ޓީމަކުން ބައިވެރިވެފައިވެއެވެ. 4 ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމުލަ 25 ބައިވެރިން ބައިވެރި ވެފައިވެއެވެ.

ޖަމިއްޔަތުލް ޤަލަމާއި އެސޯސިއޭޝަން ފޯރ ދަނގެތި ޑިވެލޮޕްމެންޓް (އޭ.ޑީ.ޑީ) ގުޅިގެން ބޭއްވި މި މުބާރާތުގެ މަޤްސަދަކީ ދަނގެތީ ރަށްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ، ރަށްޔިތުންގެ މެދުގައި މިފަދަ ކަންތައްތަކަށް އޮންނަ ޝައުގުވެރިކަން އިތުރު ކުރުން ކަމަށް އެ 2 ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.

އާނމުކޮށް އަޑުއެހުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މިމުބާރާތުގައި އެހެން އަހަރުތަކާ ހިލާފަށް އެހުންތެރިންގެ މެދުގައި ގުރުއަތު ނެގި ، އަޑުއެހުމަށް ވަޑައިގަތް ފަރާތް ތަކަށް ހާއްސަ އިނާމެއް ދެވިފައިވެއެވެ. އެގޮތުން 1 ވަނަ އަށް ގުރުއަތު ނެގުނު ފަރާތަށް ފިޤްހު ސުންނާ 1 ވަނަ ބައި އަދި 2 ވަނަ އަށް ހޮވުނު ފަރާތަށް ފިޤްހު ސުންނާ 2 ވަނަ ބައި ދެވިފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު އެކި އެކި ފޮތް ތަކާ ހާއްސަ ދުޢާ ސީޑީ އެއް ވެސް މި މުބާރާތުގެ ތެރެއިން އެހުންތެރިންނަށް ބެހިފައިވެއެވެ.

ކުރިޔަށް އޮތް ތާގައިވެސް މިފަދަ ދީނީ ސުވާލު މުބާރާތާއި ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެދެ ޖަމްޢިއްޔާއިން މައުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.