ސުވާލު:
މިސްކީނުންނަކީ ކޮބައިތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޔަތީމުންނަކީ ބާލިޣް ވުމުގެ ކުރިން ބައްޕަ ނިޔާވެފައިވާ ކުދިންނެވެ. މިސްކީނުންނަކީ އޭނާގެ ދުވަހުގެ ޚަރަދުގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ތަންކޮޅެއް ގިނައިން އަތުގައި ހުރި މީހާއެވެ. އަދި ފަގީރުންނަކީ ދުވަހުގެ ޚަރަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުން ނުވަތަ އެއްވެސް އެއްޗެއް އަތުގައި ނެތް މީހުންނެވެ.
ބައްޕަ މަރުވެފައިވާ ޔަތީމު ކުދިން ބެލުމަކީ ވަރަށް ދަރުމަ އާއި ޘަވާބު ލިބޭ ކަމެކެވެ. ސޫރަތުލް ބަގަރާގެ 177 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ ) މާނައަކީ: " ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ".
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أنا وكافل اليتيم في الجنة هكذا وقال بإصبعيه السبابة والوسطى) رواه البخاري މާނައަކީ: "ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާ މީހާ ސުވަރުގޭގައި ވަނީ މިހާ ކައިރީގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ ޝަހާދަތް އިނގިލިންނާއި މެދު އިނގިލިން އިޝާރާތް ކުރެއްވިއެވެ".
ޔަތީމުން ބެލެހެއްޓުމުގެ ޛިންމާ ނަގަން ޖެހެނީ އެކުއްޖަކާ އެންމެ ގާތް މީހުންނެވެ. އެގޮތުން ބައްޕަ ފަރާތު ކާފަ، ބައްޕަ ފަރާތު ބޮޑުބޭބެ، އެއްބަނޑު އެއްބަފާ ބޭބެ ފަދަ ގާތް މީހުންނެވެ. والله أعلم.
ކޮމެންޓް (0)
ލޯޑް ކުރަމުން...