ރާއްޖޭގެ ޚަބަރު ކުރިސްމަސް ފާހަގަ ކުރަމުންދިޔަ ރެސްޓޯރެންޓަކަމަށް ފުލުހުން ވަދެ އެކަން ހުއްޓާ އެކަކު ހައްޔަރު ކޮށްފި

ކުރިސްމަސް ފާހަގަ ކުރަމުންދިޔަ ރެސްޓޯރެންޓަކަމަށް ފުލުހުން ވަދެ އެކަން ހުއްޓާ އެކަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ކުރިސްމަސް ފާހަގަ ކުރަމުންދިޔަ ރެސްޓޯރެންޓަކަމަށް ފުލުހުން ވަދެ އެކަން ހުއްޓާ އެކަކު ހައްޔަރު ކޮށްފިއެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ރޭ މަސްވެރިންގެ ޕާކް ކައިރީ ހުންނަ "ޖޭޑް ބިސްޓްރޯ" ރެސްޓޯރެންޓްގައި ފޫޅާ ގޮތެއްގައި ކުރިސްމަސް ފާހަގަ ކުރަމުން އަންނަނިކޮން ފުލުހުން އެރެސްޓޯރަންޓަށް ވަދެ އެކަން ހުއްޓުވާފައިވާކަމަށާއި ފުލުހުން އެތަނަށް ދިޔަ ވަގުތު އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދުގައި ނުރުހުން ފާޅުކޮށް އަޑު އުފުލާފައިވެއެވެ. ހަބަރު ލިބިފައިވާ ގޮތުގައި މިރެސްޓޯރަންޓް ކުރިސްމަސްއަށް ތައްޔާރުވެފައިވާ ކަމަށާއި 'ކުރިސްމަސް' އަށް ހާއްސަ މެނޫ އެއް ބޭރަށް ފެންނަހެން ހަރުކޮށްފައިވާއިރު ކުރިސްމަސް ޓްރީ ބޭރަށް ފެންނަހެން ވަނީ ބަހައްޓާފައެވެ. އަދި މީގެ އިތުރުން އެތަނުގެ އެތެރޭގައި ކުރިސްމަސް ފާހަގަ ކުރުމުގައި ބޭނުންކުރާ ގިނަ ތަކެތި ފެނިފައިވާއިރު ފުލުހުން ވަނީ އެރެސްޓޯރަންޓް ބައިގަޑިއިރުވަންދެން ބަންދުކޮށްފައެވެ.

ކުރިސްމަސް ފާހަގަކުރަމުން ދިޔަ ތަނެއް ފުލުހުން ވަދެ ހުއްޓުވާފައިވާއިރު މިފަދަ ހަރަކާތެއް ހިންގާ ތަނެއް ޝައްކު ކުރެވިއްޖެނަމަ ފުލުހުންނަށް އެނގުމަކީ ބޭނުންތެރިކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.