ރާއްޖޭގެ ޚަބަރު އިސްލާމީ މަރުކަޒުގައި މިއަދު ހާއްސަ ރޯދަވިއްލުމެއް

އިސްލާމީ މަރުކަޒުގައި މިއަދު ހާއްސަ ރޯދަވިއްލުމެއް

އިސްލާމީ މަރުކަޒުގައި މިއަދު ހާއްސަ ރޯދަވިއްލުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ ހާއްސަ ރޯދަވިއްލުމެއް މިއަދު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ދީދީ ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ރޯދަ ވިއްލުމަށް ހުރިހާ ބޭފުޅުންނަށް ވެސް ދައުވަރު އެރުވިފައި ވާކަމަށެވެ.

މީގެ އިތުރުން ރޯދަވިއްލުމުގައި ބައިވެރިވުމަށް ފިރިހެނުންގެ އިތުރުން އަންހެނުންނަށް ވެސް  ފުރުސަތު ހުޅުވާލައިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ  މި ރޯދަ ވިއްލުމަށް އާއްމުންނަށް ދައުވަތު ދެވިފައިވާއިރު މިއީ އިސްލާމިކް މިނިސްޓްރީން ބާއްވާ މިފަދަ ފުރަތަމަ ރޯދަވިއްލުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.