ރާއްޖޭގެ ޚަބަރު “ފަލަސްޠީން ނަބިއްޔުންގެ އުފަންބިން” މިނަމުގައި ފޯރަމްއެއް ބާއްވަނީ

“ފަލަސްޠީން ނަބިއްޔުންގެ އުފަންބިން” މިނަމުގައި ފޯރަމްއެއް ބާއްވަނީ

“ފަލަސްޠީން ނަބިއްޔުންގެ އުފަންބިން” މިނަމުގައި ފޯރަމްއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އާއި ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން “ފަލަސްޠީން ނަބިއްޔުންގެ އުފަންބިން” މިނަމުގައި ފޯރަމްއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ފޯރަމްއާ ބެހޭގޮތުން މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އިން ހާމަކުރި ގޮތުގައި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 02 އޮގަސްޓް 2013 ވާ ހުކުރު ދުވަހުގެ ރޭ (މާދަމާ ރޭ) 10:00 ގައި ޤައުމީ ޔުނިވާރސިޓީގެ ފައުންޑޭޝަން އޮޑިޓޭރިއަމްގައި ކަމަށެވެ.

އަދި މި ފޯރަމްގައި ތަޤްރީރު ކުރައްވާނީ ފަޟީލަތުއް ޝައިޚް މަޙްމޫދު އަބުދުކަރީމް މަހައްނާ (ފަލަސްޠީން) ކަމަށާއި މިފޯރަމްގައި ވީހާވެސް ގިނަފަރާތްކުން ބައިވެރިވެ ވަޑައިގަތުމަކީ މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އާއި ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން ގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.